އިދިކޮޅަށް، ރައީސް ޞާލިޙުގެ މައްޗަށް އެއްވެސް މަޢުލޫއެއްގަ ކުރި ނުހޯދޭނެ: މޫކޭ

އިދިކޮޅަށް، ރައީސް ޞާލިޙުގެ މައްޗަށް އެއްވެސް މަޢުލޫއެއްގަ ކުރި ނުހޯދޭނެ: މޫކޭ

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2023 02:21
0

އިދިކޮޅު ފަރާތްތަކުން ޗާގޯސް މައްސަލާގައި ހިންގަމުންދާ އެއްވެސް ހަރަކާތެއްގައި ރައީސް ޞާލިޙުގެ މައްޗަށް އެއްވެސް މަޢުލޫއެއްގަ ކުރި ނުހޯދޭނެ ކަމުގައި އާރުޑީސީގެ މެނޭޖިން ޑީރެކްޓަރ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއެއްވުމާއި ގުޅިގެން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަނީ މިކަމުގައި އެބޭފުޅެއްގެ ޝުއޫރު ފާޅު ކުރަނުންނެވެ.

މޫކޭ ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ކަނޑާއި، ރާއްޖޭގެ އެއާޕޯޓްތަކާއި، ފ. އަތޮޅު ވިއްކާލަން އުޅުން މީހުން މިއަދު ނިކުމެ ކަނޑު ވިއްކާލިވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއްކަަމަށެވެ. އަދި މިމައްސަލާގައި ރައީސް ޞާލިހުގެ މައްޗަށް އެއްވެސް މައުލޫއެއްގައި އިދިކޮޅު ފަރާތްތަކަށް ކުރި ނުހޯދޭނެކަމަށް މޫކޭ ވިދާޅުުވިއެވެ.

ކަނޑު މައްޗަށް އަރާ ބައެއް ނޫން. މަހަކަށް ދިޔަ ބައެއް ނޫން. މަސްވެރިއަކަށް ހެވެއް އެދުނު ބައެއް ނޫން. ފޯޅަ ވައްސާ ކަނޑާ ހޯދަން ވެރިކަން ނުކުރާ ބައެއް ނޫން. ކަނޑާއި އެއަރޕޯޓާއި ފާފު އަތޮޅު ވިއްކަން އުޅުނު މީހުންނަށް ރައީސް ޞާލިޙުގެ މައްޗަށް އެއްވެސް މަޢުލޫއެއްގަ ކުރި ނުހޯދޭނެ.

– މޫކޭ ވިދާޅުވިއެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެ ދެ ވަޒީރުން ކަމަށްވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނެއެވެ. މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް އަލީ ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެއެވެ.

މާލޭ އާޓިފިޝަލް ބީޗްގައި ބާއްވާ މި އެއްވުމުގައި، ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެ އިއްތިހާދުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.