ހުޅުމާލެއިން އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
31 މެއި 2023 12:22
0

ދެއަހަރުގެ ދަރިފުޅާއިއެކު ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ ޢާއިޝަތު އިޙްސާނާ ގެއްލިފައިވަނީ އޭނާގެ، ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

ޢާއިޝަތު އިޙްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢާއިޝަތު އިޙްސާނާ އެންމެފަހުން ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އޭނާ ދިރިއުޅެނީ މާލޭގައި ކަމެއް ނުވަތަ ރަށުގައި ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ފަހަކަށް އައިސް މާލެ އިން މީހުން ގެއްލުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ގެއްލޭ ގިނަ މީހުން ގެއްލުމެއް ނުލިބި ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.