އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި މިއަަހަރު ޖާގަ ދެނީ 405 ކުދިންނަށް

އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި މިއަަހަރު ޖާގަ ދެނީ 405 ކުދިންނަށް

Author
އަޒްފާ ރަޝީދު
30 މެއި 2023 08:30
0

އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި މިއަަހަރު ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 405 ކުދިންނަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އަދި ހިތާނު ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމަށް ޖޫން 1 ގައި ހުޅުވާލާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޙިތާނު ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމައްޓަކައި 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޙިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ނަން ނޯޓް ކުރުން ކުރިއަށްދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ޙިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 405 ކަމަށާއި، އަދި އެ އަދަދު ހަމަވުމުން ނަންނޯޓުކުރުން ހުއްޓާލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ޙިތާނު ކުރުން ކުރިއަށް ދާނީ 24 ޖޫން 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ކަމަށާއި، އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު މި ހޮސްޕިޓަލުގެ ސާރޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.