ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު

އެއް މިލިއަން ރުފިޔާ 3 އަހަރަށް ބަހާލައިގެން ދެއްކުމަށް އަދީބު އެއްބަސްވެއްޖެ

އެއް މިލިއަން ރުފިޔާ 3 އަހަރަށް ބަހާލައިގެން ދެއްކުމަށް އަދީބު އެއްބަސްވެއްޖެ

ގުޅުންހުރި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ތިން އަހަރަށް ބަހާލައިގެން ދައްކަން އެޓާނީ ޖެނެރަލް އޮފީހުން ދިން ހުށަހެޅުން އަދީބު ގަބޫލުކޮށްފިއެވެ.

ނުދައްކާ އޮތް އެއް މިލިއަން ހޯދަން އެޓާނީ ޖެނެރަލްް އޮފީސް (އޭޖީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅީ ދެ ލައްކަ ދެއްކުމަށް ފަހު ބާކީ، އަށް ލައްކަ ރުފިޔާ ތިން އަހަރަށް ބަހާލައިގެން ދެއްކުމަށެވެ. އެ ހުށަހެޅުމަށް އަދީބު އެއްބަސްވީ އިއްޔެގެ އަޑުއެހުމުގައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލުނު ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރި އެވެ. މި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރުއެވެ. ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެއެވެ. އަދީބު ސިއްހީ ހާލަތު ހުރި ނިދުމަށް ހާއްސަ މެޝިނެއް ބޭނުންކުރަންޖެހެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާއެވެ.

މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދަޢުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބުވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. 100އަހަރައް ބަހާލަންވީ ، ނަގާފަހުރި ފައިސާއާއި ބަލާފަ ހުވނދަކައްވެސް ނުވާނެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ