ނ. އަތޮޅު ހޮސްޕިޓަލް ހެދުމަށް އެލް.އެމް.އޭ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފި

ނ. އަތޮޅު ހޮސްޕިޓަލް ހެދުމަށް އެލް.އެމް.އޭ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފި

Author
އަޒްފާ ރަޝީދު
23 މެއި 2023 08:14
0

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް އެލް.އެމް.އޭ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އެ ކުންފުންޏާއި ނ އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫ ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 4.6 މިލިޔަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިންއެވެ. އަދި އެލް.އެމް.އޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.