"ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަނަށް ނަންދިނީ އަލީ އާޒިމް: އަދުރޭ

"ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަނަށް ނަންދިނީ އަލީ އާޒިމް: އަދުރޭ

Author
ހުސެއިން
14 މެއި 2023 10:41
0

"ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންގެ ނަމުގައި، އިޓްލޮސްގެ ހުކުމާއި ދެކޮޅަށް ވަލާކާތު ކުރަމުންދާ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންއިނަށް ނަން ދީފައިވަނީ އަލީ އާޒިމް ކަމުގައި، ކޯލިޝަންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕިއެމް/ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން "ކަނޑު ވިއްކާލުން" މި އިބާރާތް އަލީ އާޒިން ބޭނުން ކުރައްވަމުން ނުގެންދަވާތީ ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ރައްދު ދެއްވަމުން އަބުދުއްރަހީމް ވިދާޅުވީ ފިކުރެއްގެ ދިއުމާ އެހެން ޕާޓީތަކާއި، އެއީ މުޅިން އެހެން ކަމެއް ކަމަށާއި، އެކި ފިކުރުގެ ފަރާތްތަކުން ކޯލިޝަން ހެދީ މި ސަރުކާރުން ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށެވެ.

ދެން ތި ވިދާޅުވަނީ އަލީ އާޒިމް ކަނޑު ވިއްކާލި ބަސް ބޭނުން ނުކުރައްވައޭ. ނޫން ބޭނުން ކުރައްވާ އިނގޭތޯ! އަޅުގަނޑު އަލީ އާޒިމްގެ ހުއްދައާއެކީގަ ދަންނަވާލާނަން، އަޅުގަަޑުމެން މި ކޮމިޓީން އިއްތިހާދުގެ ނަމެއް ކަނޑައަޅަން ވެގެން އެކި ބޭފުޅުން އެކި ނަންނަން ހުށަހަޅަމުން އައިސް އަލީ އާޒިމް ހުށަހެޅުއްވި ނަމެއް މިއިއްތިހާދުގެ ނަމަކަށް "ކަނޑު ވިއްކާލުމާ ދެކޮޅު" އިއްތިހާދު އެއީ. އެހެންވީމަ ހަމަ އަޅުގަޑު ތިބޭފުޅުން އެންމެންގެ ހާޒިރުގައި މިދަންނަވާލީ، އަލީ އާޒިމްގެ ނަމެއް މި ނަމަކީ.

"ކަނޑު ވިއްކާލުން" މި އިބާރާތް އަލީ އާޒިމް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭނުން ނުކުރައްވާތީ ނޫސްވެރިން ކުރި ސުވާލުތަކަށް އަބުދުއްރަހީމް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އަބުދުއްރަހީމްގެ ޖަވާބަށްފަހު ވާހަކަ ދައްކަވަމުންވެސް، މި ސަރުކާރުން ކަނޑު ވިއްލާލާފައިވާކަމަށް އަލީ އާޒިމް ވިދާޅުވެފައެއް ނުވެއެވެ. އަލީ އާޒިމް ވިދާޅުވީ އުފެދިފައިވާ ގުޅުމަކީ ރާއްޖޭގެ ކަނޑުން "ގެއްލުނު ބައި" ހޯދުމަށް ކަމަށެވެ. އަދި އުފެދިފައިވާ ގުޅުމުގެ އަސްލަކީވެސް އެއީކަމުގައި އަލީ އާޒިމް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.