"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މި ފިލްމް އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ، އަދި ކާމިޔާޞު އެތަށް ފިލްމް ތަކެއް ކުޅެފައިވާ ރާނީ މުކަރްޖީ ދުވަސްގަނޑަކަށް ފަހު އަލުން އެބުރި އައުން ފާހަގަ ކުރި ފިލްމް ވެސް މެއެވެ. 2021 ވަނަ އަހަރުގެ ފިލްމް "ބަންޓީ އޯރް ބަބްލީ 2″ އިން އެންމެ ފަހުން ފެނުނު 44 އަހަރުގެ ބަތަލާގެ މި ފިލްމް އަކީ ވަރަށް އަސަރު ގަދަ ފިލްމްއެކެވެ.
މާޗް މަހުގެ 17 ގައި ރިލީޒްކުރި މި ފިލްމަކީ ބޭރުގައުމެއްގައި މަންމަ އަކު ދަރިއަކަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ޑައިރެކްޓަރު ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ބޮޑުބައި ނޯވޭގައި ޝޫޓްކޮށްފައިވާއިރުގައި މީގެ ޑައިރެކްޓަރަކީ 2013 ވަނަ އަހަރު ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" ގެނެސްދިން އާޝިމާ ޗިބާރެވެ.
މި ފިލްމުގެ ކާސްޓްގައި ނީނާ ގުޕްތާ އާއި ޖިމް ސަރްބްގެ އިތުރުން އަނިރްބަން ބަޓަޗަރިއާ ވެސް ހިމެނެ އެވެ. މި ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް ގެ ފިލްމެކެވެ.