ކަރިޝްމާ ރާއްޖޭގައި

ކަރިޝްމާ ރާއްޖޭގައި

Author
ފާތިމަތު ނާވީ
13 މެއި 2023 04:47
0

ބަތަލާ ކަރިޝްމާ ތަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ކަރިޝްމާ އާއި އެކުގައި މިދަތުރުގައި ބައިވެރި ވެފައިވަނީ ކޮންބައެއް ކަމެއް ނޭގެއެވެ.

ކަރިޝްމާ ވަނީ 2021 ވަނަ އަހަރު ރިއަލް އެސްޓޭޓް ގެ ދާއިރާގެ ވިޔަފާރީވެރިއެއް ކަމުގައިވާ ވަރުން ބަންގެރާ އާއި ކައިވެނި ކޮށްފައިއެވެ. އެމީހުންގެ ކައިވެނި އޮތީ ވަރަށް ކުލަ ގަދަކޮންނެވެ.

އިނސްޓްގާމްގައި އޭނާ ހިއްސާކޮށްފައިވާ ފޮޓޯ ތަކުން އެކަނި ފެނިގެން ދާއިރުގައި ރާއްޖޭގެ ރީތިކަން ފެންނަ ފަދަ ފޮޓޯ ތަށް އޭނާ އަންނަނީ ހިއްސާ ކުރަމުންނެވެ.

 

ކަރިޝްމާ ޗުއްޓީ ހޭދަކުރަމުން އަނަނީ ބަގްލިއޯނީ ރިސޯޓް ގައިއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ރާއްޖެއަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

މީގެ ކުރިންވެސް ކަރިޝްމާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ. ބޮލީވުޑްގެ ގިނަ ތަރިން ދޭތެރެ ދޭތެރެ އިން ރާއްޖެއަށް ޒިއާރަތް ކުރެއެވެ.

ކަރިޝްމާ ވަނީ ބައެއް ޑްރާމާ ސިލްސިލާ ތަކުގެ އިތުރުން "ބިގްބޮސް" އާއީ "ކަތްރޯކީ ކިލާޅީ" ފަދަ ރިއަލިޓީ ޝޯވ ތަކުން ފެނިގެން ގޮސްފައިއެވެ. އަދި އޭނާ ވަނީ ބައެއް ފިލްމް ތަކުނެ ވެސް ފެނިގެން ގޮސްފައިއެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައީ "ލާހީރް ކޮންފިޑެންޝިއަލް" ކިޔާ ފިލްމް އަކުންނެވެެ. 39 އަހަރުގެ ބަތަލާގެ ކުރިއަށް އޮތީ ވެބް ސީރީޒް "ސްކޫޕް" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.