ލިވަޕޫލުން ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް

ލިވަޕޫލުން ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2023 11:59
0

ބްރެންޓްފޯޑް އަތުން މޮޅުވެ, ލިވަޕޫލުން މެންޗެސްޓަރ ޔުނައިޓެޑާ ޕޮއިންޓަކަށް ކައިރި ކޮށްފިއެވެ.

ހަތަރުވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ޕޮއިންޓަކަށް ލިވަޕޫލުން ކައިރިކުރީ ދެ މެޗު އިތުރަށް ކުޅެގެންނެވެ. އެހެންކަމުން ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް އަދި ލިވަޕޫލަކަށް ނެތެވެ. ލިވަޕޫލް އޮތީ 35 މެޗުން 62 ޕޮއިންޓާއެކު ފަސް ވަނާގައެވެ. މެންޗެސްޓަރ ޔުނއިޓެޑް ހަތަރު ވަނާގައި އޮތީ 33 މެޗުން 63 ޕޮއިންޓާއެކުއެވެ.

ބްރެންޓްފޯޑް އަތުން ލިވަޕޫލް މޮޅުވީ 1-0 ނެވެ. ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ ސަލާހުއެވެ. އެއީ ޑިފެންޑަރ ވެންޑައިކް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ލިވަޕޫލް މިހާރު އޮތީ ރަނގަޅު ފޯމެއްގައެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ސަލާހުވެސް ވަނީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ވިދިވިދިގެން ނުވަ މެޗުގައި ލަނޑު ޖަހާފައެވެ.

މިއީ ކްލަބްގެ ރެކޯޑެކެވެ. ބްރެންޓްފޯޑް ކޮޅަށް ޖެހި ލަނޑަކީ ސީޒަންގައި ސަލާހުގެ 30 ވަނަ ލަނޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.