ނަޝީދަށް ނުލިބުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ: އަލީ ހުސެއިން

ނަޝީދަށް ނުލިބުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
07 މެއި 2023 11:02
0

އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. އަދި ޒަހަމްތަކާއި ގުޅިގެން ގިނަ ސާޖަރީތަކެއް ހަދައި، ގިނަ ދުވަސްތަކެއް ވަންދެން ވަނީ ރާއްޖެއިން ބޭރުގައިވެސް ފަރުވާ ހޯއްދަވާފައެވެ.

މިހަމަލާއަށް 2 އަހަރު ވެފައިވާއިރު ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އިންސާފު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަލީ ހުސެއިން ވިދާޅުވީ އެމްޑީޕީގެ ރައީސަށް އެމްޑީޕީގެ ވެރިކަމުގައި އިންސާފު ނުހޯދުމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ނަޝީދަށް އިންސާފު ނުހޯދައިނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ދޭނެ ގޮތެއް ނޭގޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ. މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ކުރިއަށްދާ ގޮތާއިމެދު އެކި ފަހަރު މަތީން އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ޝަރީއަތް ކުރިއަށްދާއިރު އިންސާފަށް ހުރަސް އެޅޭ އެތައްކަމެއް ހިނގާކަމަށް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ނަޝީދު ތިޔައީ މިގައުމަށް ދިމާވެފައި އޮތް ބޮޑު ބލ ވެރިކަމެކެވެ. ވެރިކަމުގައި ހުރިއިރުވެސް އަދި ވެރިކަމުން ބޭލުވީމާވެސް އެވެ. ތިޔަ ނޮފޮރުއްޕާނުން މި ގައުމު މިންޖެވާނީ ކޮން ދުވަހަކުން ބާވައެވެ؟
ދ ދިވެހި ރައްޔިތުން
ތި ނަން ދެން ނެން ވިއްކޭކަށް