ރައީސް ނާސިރު ކޮށްދެއްވި އެއްވެސް ޚިދުމަތެއްގެ އަގު މައުމޫންގެ ވެރިަކަމުގައި އެއްވެސް ވަރަކަށް ވަޒަން ކޮށްފައެއް ނުވޭ

އިމުގެ މައްސަލާގައި ނާސިރުގެ ވެރިކަމުގައިވެސް ކަންކަން ކުރީ ހާމަކަންބޮޑުކޮށް: ޑރ.ޝަހީދު

އިމުގެ މައްސަލާގައި ނާސިރުގެ ވެރިކަމުގައިވެސް ކަންކަން ކުރީ ހާމަކަންބޮޑުކޮށް: ޑރ.ޝަހީދު

އިމުގެ މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުވެސް ވަނީ ހުރިހާ އެއްބަސްވުމެއް މުޅި ދުނިޔެއަށް ހާމަކުރައްވާފައިކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި ހާމަކުރާނަމަ ރާއްޖެއާއި ވާހަަކަ ދައްކާނެ ގައުމެއް ނޯންނާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދުގެ މިވާހަތަކާއި ގުޅިގެން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންގެ ފާޑުކިޔުން ވަނީ ޝާހިދަށް އަމާޒު ވެފައެވެ.

ވަކިން ޚާއްސަކޮށް ރާއްޖެއާއި، މޮރިޝަސްއާއި ދެމެދު ކުރިއަށްދިޔަ އިމުގެ މައްސަލާގައި ގިނަ ބައެއްގެ ސުވާލުތަކެއް އުފެދުނު ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އާއިމެދު ގިނަ ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ. މިއީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ގުޅުންއޮތް ބޮޑު މައްސަލައެއް ކަމަށްވުމުން، މިމައްސަލާގައި ރާއްޖެއިން އަމަލުކުރާ ކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ސާފުވާންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޑރ.ޝަހީދު ވިދާޅުވީ ރާއްޖެއިން މިހާތަނަށްވެސް އިމުގެ މައްސަލާގައި އެކި ވެރިކަންތަކުގައި އަމަލުކޮށްފައިވާ ގޮތަކީ ވީހާވެސް ބޮޑަށް ހާމަކަން ބޮޑުކަންކަން ކުރުންކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ސިއްރުކޮށް ވެރިކަން ކުރެއްވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަމަށްވާއިރު، އެވެރިކަމުގައިވެސް އިމުގެ މައްސަލާގައި އަމަލުކުރި ހުރިހާ ގޮތެއް އދ. މެދުވެރިކޮށް މުޅި ދުނިޔެއަށް ހާމަކުރެއްވިކަމަށެވެ.

އޯޕަން ޑިމޮކްރަސީއަކީ 1918ގައި ވޫޑްޑޯ ވިލްސަން އިއުލާންކުރި "14 ޕޮއިންޓްސް" ގެ އެއްވަނަ ނުކުތާ. ރާއްޖޭގެ އެންމެ "ސިއްރުކޮށް" ވެރިކަން ކުރެއްވި ރައީސް ނާސިރު ވެސް ވަނީ އިން ވަކި ކުރުމާއި ބެހޭ ހުރިހާ އެއްބަސްވުންތައް ޔޫއެންގެ ސެކެޓްރީ ޖެނެރަލް މެދުވެރިކޮށް، އޮންނަ އުސޫލުން މުޅި ދުނިޔެއަށް ހާމަކުރައްވާފަ.

– ޑރ.ޝަހީދު ވިދާޅުވިއެވެ.

ޗާގޯސް އަކީ މޮރިޝަސްއަށް މިލްކުވެރިކަން ލިބެން ޖެހޭ އަތޮޅެއް ނޫން ކަމަށް ޒަމާނުއްސުރެ ދިވެހި ސަރުކާރުން ބުނަމުން އައި ނަމަވެސް ރައީސް ސޯލިހް ވަނީ އެނިންމުން ބަދަލުކޮށް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ އަތޮޅެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ އާއްމު ކުރަން އެކި ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް ސަރުކާރުން ދަނީ ސިޓީ އާއްމު ކުރަން ދެކޮޅު ހަދަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން އިއްޔެ ކުރި ހުކުމްގައި ކޮންމެވެސް ވަރަކަށް އޭގައި ސިޓީގައި ހުރި ވާހަކަތައް އެބަހުއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *