ރައީސް ޞާލިހު މަޤާމުން ޢަޒުލުކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފަށައިފި

ރައީސް ޞާލިހު މަޤާމުން ޢަޒުލުކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 09:49
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން ޢަޒުލުކުރުމުގެ މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތު ގެއްލުވާލާފައިވާތީއާއި، ދިވެހިންގެ ބިމުން ބޮޑުބައެއް ދޫކޮށްލާފައިވާތީ ރައީސް ޞާލިހު މަޤާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިމަސައްކަތުގައި ކުރިއަށް ދިއުމުގެ މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް ޝިޔާމް ވިދާޅުވީ މިމަސައްކަތަކީ ޕީޕީއެމް، ޕީއެންސީ އިސްވެ އޮވެ ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި، މެމްބަރުންނާއި މަޝްވަރާ ކޮށް ކުރިއަށްދާނެ ގޮތްތަކެއް ރާވާނެކަމަށެވެ.

އަޅުގަނޑުމެން މިފެށީ އިރާދަކުރެއްވިޔާ ރައީސް ޞާލިހު އަޒުލު ކުރުމުގެ މަސައްކަތް. މިމަސައްކަތް އަޅުގަނޑުމެން އިސްވެ އޮވެ މިފެށީ ޤައުމަށް ޚިޔާނާތް ތެރިވުމުން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަތަކަށް ތާއީދު ކުރައްވައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީވެސް ނާދިރު ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ޤައުމަށް ޚިޔާނާތްތެރިނުވާ އަދި ޤައުމުގެ މިނިވަންކަން ހިފަހައްޓަވާ ބޭފުޅުންތަކަށް ކަމަށެވެ. އެކަން ރައީސް ޞާލިހަށް ނުކުރެވުނުކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލަވެސް ވެއްދުމަށް ޕީޕީއެމްއިން ތައްޔާރު ވަމުންދާކަމަށެވެ.

ރައީސް އަޒުލުކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފެށިއިރު، މަޖިލީހުގައި ތިބީ ޕީޕީއެމް ޕީއެންސީގެ 8 މެމްބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.

އެ މާއްދާގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރައީސް މަގާމުން ދުރުކުރުމަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ (1) އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން، (2) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، (3) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން، މިއެވެ.

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސް މަގާމުން ދުރުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ، އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. އެފަދަ ގަރާރެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެއެވެ.

އެ ފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ހިނދެއްގައި މަޖިލީހުގެ އިދާރާ އިން އަމަލު ކުރަންވީ ގޮތުގެ އިޖުރާއާތުތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ)ގެ ނިޔަލަށް ބަޔާންކޮށްފައި އެބަ އޮތެވެ. އަދި އެ އިޖުރާއާތުތަކުގެ ތަފްސީލުތައް މަޖިލީހުގެ ގަވާއިދުގެ 172، 173 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ނަގާ ވޯޓެއްގައި، ރައީސްގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި (މިހާރުގެ އަދަދުން ބަލާ ނަމަ 57 މެމްބަރުން)ގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަޒުލުވީއެވެ.

މަޖިލީހުގައި މިހާރުވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އައުލަބިއްޔަތު އެބައޮތެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު 68 އަރާއިރު، އޭގެ ތެރޭގައި ރައީސް ޞާލިހަށް ތާއީދު ނުކުރާ މެމްބަރުންވެސް ހިމެނެއެވެ. ނަމަވެސް އެމްމަބުންނާއި ނުލައިވެސް މަޖިލީހުގެ ސާފު އައުލަބިއްޔަތު ރައީސް ޞާލިހަށް އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަރޭ
އަދުރޭ. ކަލޭތިހިރީހަމަހޭގަތަމޮޔަޔާޓިނުންކކުރާކަމެންނޫއެކަންވާނީމެންބަރުންހޯދައިގެންއެއްމެފަހުންބޭވިއިންތިހާބުންވެސްވީބަލި