އެއްވެސް ކަމަކަމަށް އޭނާ ކައިރިން ހުއްދަ އަށް އެދެން އަންހެނުން އަދި މަޝްހޫރު ބަތަލާ އައިޝްވަރްޔާ ރާއީ އަށް ނުޖެހޭނެ ކަމަށް އަބިޝޭކް ބަޗަން ބުނެފިއެވެ.
އަބީޝޭކް މިގޮތަށް ބުނެފައިވަނީ އޭނާގެ ޓްވިޓަރގައި އައިޝްވާރިޔާގެ ފޭންއެއް ކޮށްފައިވާ ކޮމެންޓަކަށް ރައްދު ދެމުންނެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިއާގެ އެންމެ ފަހުގެ ފިލްމު "ޕޮނިޔިން ސެލްވަން (ޕީއެސް) 2″ ބަލާފައި އެ ފިލްމަށް ތައުރީފުކޮށް އަދި އެއީ އަންހެނުންގެ އެންމެ މޮޅު ފިލްމް ކަމަށް ބުނެ އޭނާ ވަނީ ތައުރީފް ކޮށްފައިއެވެ.
#PS2 is simply FANTASTIC!!!
At a loss for words right now. So overwhelmed. Well done to the entire team #ManiRatnam @chiyaan @trishtrashers @actor_jayamravi @Karthi_Offl and the rest of the cast and crew. And so, so proud of the Mrs. Her best by far. #AishwaryaRaiBachchan— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) April 29, 2023
އެ ޓްވީޓް އާއި ގުޅިގެން މީހަކު ވަނީ އައިޝްވަރްޔާ ގިނަ ފިލްމް ކުޅުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް ބުނެފައިއެވެ. އަދި އޭނާ އަށް ގިނަ ފިލްމް ކުޅުމަށް ހުއްދަދީ ދަރިފުޅު އާރަދްޔާ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
މި ޓްވީޓް އަށް ރައްދުދެމުން އަބިޝޭކް ބުނީ އޭނާ ކައިރިން އައިޝްވަރްޔާ ހުއްދަ އަށް އެދެން ނުޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮން އޭނާ ލޯބިވާ މަސައްކަތެއް ކުރުމަށް އޭނާގެ ހުއްދަ ބޭނުން ނުވާނެ ކަމަށް ބުނެފައި ވެއެވެ.
Let her sign??? Sir, she certainly doesn’t need my permission to do anything. Especially something she loves.
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) April 29, 2023
ކައިވެންޏަށް ފަހު އައިޝްވަރްޔާ ބޮޑު ސްކްރީން އިން ފެނުން ވަރަށް މަދުވެފައި ވަނިކޮން، އޭނާ އިތުރަށް ބޮޑު ސްކްރީން އިން "ގެއްލުނީ" އޭނާ އަށް ދަރިއަކު ލިބުން ފަހުންނެވެ. އެދެމަފިރިންނަށް ދަރިއަކު ލިބިފައި ވަނީ 2011 ވަނަ އަހަރުގައިއެވެ.
އައިޝްވަރްޔާ ބޮޑު ސްކްރީން އިން ފެންނަ ވަރު މަދުކަމުން ފޭނުން ވަރަށް ގިނައިން ޝަކުވާކުރެއެވެ. ކާމިޔާބު ގިނަ ފިލްމުތެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ބޮލީވުޑްގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އެފަހުން "ޕީއެސް 1″ އާއި "ޕީއެސް 2″ އަކީ އެ ފިލްމުގެ ފަހުން އައިޝްވާރިއާ ކުޅުނު ފިލްމެވެ.
ކޮމެންޓު ފޮނުވާ