"އަދިޕުރުޝް" ގައި ކްރިތީ ފެންނަ ގޮތަކީ މީ

"އަދިޕުރުޝް" ގައި ކްރިތީ ފެންނަ ގޮތަކީ މީ

Author
ފާތިމަތު ނާވީ
30 އޭޕްރިލް 2023 08:16
0

ޒުވާން ބަތަލާ ކްރިތީ ސެނޮން ގެ އެންމީދީ ފިލްމ "އަދިޕުރުޝްް" ގައި އޭނާ ފެންނާނެ ގޮތުގެ ޕޯސްޓަރު ތަކެއް އާންމުކޮށްފިއެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުކޮށް، އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ހުރާފީ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 16 އަށެވެ. މި ފިލްމް އަށް މީގެ ކުރިންވެސް ތާރީހެއް ދިނެވެ. ނަމަވެސް ފިލްމް އެޅުވުން ލަސްވެގެން ގޮސް އަނެއްކައިވެސް މިވަނީ އައު ތާރީހްއެއް ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ހިންދޫ މީތޮލޮޖިކަލް ފިލްމު އަދިޕުރުޝްގެ ޓީޒާ އެއްވެސް މިހާރު ވަނީ ދައްކައިލައިފައިއެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންގެ ޕޯސްޓަރު ތަކެއް މީގެ ކުރިންވެސް ދައްކައިލިއެވެ. އަދި ޓިޒާއިން ފިލްމުގެ ލީޑު ތިން ތަރިން ކަމަށްވާ ޕްރަބާސްއާއި ސައިފް އަލީ ޚާނާއި ކްރިތީ ސެނޮން ފެނިގެން ވަނީ ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ސައިފް މި ފިލްމުގައި ކުޅެފައިވަނީ ނެގެޓިވް ރޯލެކެވެ. އަދި ހީރޯގެ ގޮތުގައި ޕްރަބާސް ފެނިގެންދާއިރު ކްރިތީ އަކީ އޭނާގެ ލޯބިވެރިޔާއެވެ. މި ތިން ތަރިންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ސިންގ، ދޭވްދައްތާ ނާގޭ، ވަޓްސަލް ޝެތު، ސޯނަލް ޗޯހަން އަދި ތުރުޕްތީ ތޮރަޑްމާލް ފަދަ ތަރިން ފެނިގެންދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.