ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއިން ބައެއް ގެއްލިގެން ދިއުމަކީ ކާމިޔާބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީއެވެ.
މިމައްސަލައިގެ މިއަދުގެ ނިންމުމާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ މިމައްސަލާގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިފައި ނުވާކަމަށެވެ. ރާއްޖެއިން ބައެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމަކީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކުނު ނަމަވެސް އެއީ ކާމިޔާބީއެއް ނޫންކަމަށެވެ.
އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ. ރާއްޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން. ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ކޯޓުގެ ހުކުމުގެ އެންމެ ފުރަތަމަ ބަޔާން ކޮށްފައިވަނީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހެމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ދެކޭ ކަމުގައެވެ. އެއަށްފަހު މި އުސޫލުން ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހުމުގެ މޮރިޝަސްއިން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ އެއް ނުކުތާ ކަމަށްވާ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ލިބޭ 200 މޭލުގެ ސަރަހައްދު ކަނޑައެޅުމުގައި ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާ ބުނުމަށް ކޯޓުން ތާއީދު ކޮށްފައެއް ނުވެއެވެ.
އަދި މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މިއީ ބައިނަލްއަގުވާމީ ކޯޓުގައި މައްސަލަ ކާމިޔާބު ކުރުމަށް، ސެޓްލައިޓް ފޮޓޯތަކާއި، ސައިންޓިފިކް ހެކިތައް ހުށަހެޅުމާއެކު ރާއްޖެއިން ބޭނުން ކުރި އެންމެ ވަރުގަދަ އަސާސްކަން ފާހަގަ ކޮށްލެވެއެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމާއެކު، މައްސަލަ އުފެދުނު ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ބަހާނެ ގޮތަކާއި ގުޅޭގޮތުން މިއަދު އިޓޮލްސްއިން އިއްވި ހުކުމުގައި ވަނީ ބޭސް ޕޮއިންޓްތައް މިންކުރަން ފަށަންޖެހޭ ހިސާބުތަކާއި، އެ ހިސާބުތަކުން ބޭސް ޕޮއިންޓްތައް ކުރެހުމުން ދެގައުމުގެ ކަނޑުގެ ސަރަހައްދު ކަމުގައި ކަނޑައަޅާ ސަރަހައްދުގެ މިންތައްވެސް ކަނޑައަޅާދީފައެވެ.
އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.
ކޮމެންޓު ފޮނުވާ