ރަންބީރަކީ ކޮން ކަހަލަ ބައްޕައެއްކަން އާލިއާ ކިޔައިދީފި

ރަންބީރަކީ ކޮން ކަހަލަ ބައްޕައެއްކަން އާލިއާ ކިޔައިދީފި

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2023 07:57
0

އަލަތު ދަރިއަކު ލިބުން ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ގެ ދިރިއުޅުމުގެ ކޮންމެވެސް ވާހަކަ އެއް ކޮންމެ ދުވަހަކުވެސް އަންނަނީ ނޫސްތަކުން ޖާގަ ހޯދަމުންނެވެ.

އެގޮތުން އެންމެ ފަހުން އެދެމީހުންގެ ދިރިއުޅުމާއި ގުޅިގެން ލިބުން ހަބަރަކީ ރަންބީރަކީ ކޮން ކަހަލަ ބައްޕައެއްކަން އާލިއާ ކިޔައިން ހަބަރެވެ. އާލިއާ އާއި ރަންބީރަކީ އަލަތު ޕޭރެންޓުން ކަމުން ހުރިހާ ކަމެއްވެސް އެދެމީހުންނަށް ވަރަށް އަލެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އެގޮތުން އާލިއާ ބުނީ މިހާރު ރަންބީރު މާގިނައިން ދަތުރު ކުރަން ބޭނުން ނުވާކަމަށެވެ. އަދި އޭގެ ސަބަބަކީ ރަހާ އާއި އޮންނަ ގުޅުމަށް ކިރިޔައިވެސް ބުރުއެއް އަރަން ބޭނުން ނުވާތީ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

"ފިލްމު ޝޫޓިންގް ތަކާއި އެނޫންވެސް ޕްރޮފެޝަނަލް ބޭނުންތަކަށް އެކި ރަށް ރަށަށާއި ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅެން ރަންބީރު މިހާރު ހިތްހަމަނުޖެހޭ. ދަރިފުޅާއި އެކުގައި ރަންބީރު ވަރަށް ގިން ވަގުތު ހޭދަކުރަން ބޭނުން ވޭ. އެކަމާއި އަހަރެންނަށް އުދަގޫވޭ"

ރަންބީރު ބުނީ ދަރިފުޅާއި އެކުގައި ވަގުތު ޖޭދަ ކުރުމަށް މިހާރު ވަރަށް ގިން އުކުޅުތަށް ވެސް ރަންބީރު މިހާރު ހޯދައިފައި ވާކަމަށެވެ. އަދި ދަރިފުޅު ގެންގުޅެން ރަންބީރު މިހާރު ވަރަށް މޮޅު ކަމަށްވެސް އާލިއާ ވަނީ ބުނެފައިއެވެ.

"ވަރަށް ގިނައިން އިންނާނެ ކުޑަ ދޮރު ކައިރީގައި ދަރިފުޅު ގޮވައިގެން ގަސްތައް ދައްކަން. ސާފު ވައި ދަރިފުޅު މޫނަށް އެޅެން ވަރަށް ބޭނުންވާނެ.  ގަސްތައް ދައްކަން ވެސް. ރަންބީރު ގަބޫލު ކުރާ ގޮތުގައި އޭރަށް ދަރިފުޅު ތިމާވެއްޓަށް ލޯބިކުރާ ކުއްޖަކަށް ވާނެ،" އާލިއާ ބުންޏެވެ.

އާލިއާ މި ފަހުން ވަނީ ރަންބީރު ދަރިފުޅާއި އެކުގައި ދޮރު ކައިރީގައި އިންނަ މަންޒަރެއްވެސް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. އާލިއާ އަންނަނީ ކޮންމެ ދުވަހަކުވެސް އެމީހުންގެ ދިރިއުޅުމުގެ އައު ވާހަކައެއް އަންނަނި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ އާއި ރަންބީރު ކަިއވެނި ކުރީ ނިމިދިއަ 2022 ވަނަ އަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ. އަދި އެމީހުންގެ އަލަތު ދަރިފުޅު ރަހާ ލިބިފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.