"ޖަބް ވީ މެޓް" އަތުލީމަ ދެރަވި: ބޫމިކާ

"ޖަބް ވީ މެޓް" އަތުލީމަ ދެރަވި: ބޫމިކާ

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2023 05:59
0

2007 ވަނަ އަަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ޖަބް ވީ މެޓް" ގެއްލުމުން ވަރަށް ދެރަވި ކަަމަށް އެ ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ލިބުނު ބޫމިކާ ޗާވްލާ ބުނެފި އެވެ.

މި ފިލްމް އަކީ ޝާހިދު ކަޕޫރު އާއި ކަރިނާ ކަޕޫރު ފެނިގެން ދިއަ ވަރަށް ކާމިޔާބު ފިލްމް އެކެވެ. މި ފިލްމް އެންމެ ފުރަތަމަ ކުޅެން ލިބުނީ ބޫމިކާ އަށެވެ. މިއަދާ ހަމައަށް ވެސް ފިލްމު ބެލި ގިނަ ބަޔެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ފިލްމް އަކީ ކަރީނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

ނަމަވެސް މި ފިލްމް އެންމެ ފުރަތަމަ ކުޅެން ލިބުނީ ބޫމިކާ އަށާއި ބޮބީ ޑިއޯލް އަށް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި އޭރު ފިލްމުގެ ނަމަކަށް އޮތީ "ޓްރެއިން" އެވެ. ނަމަވެސް ފަހުން ޕްރޮޑަކްޝަން ހައުސް ބަދަލުވުމުން ޝާހިދު އާއި އޭނާ އެ ފިލްމު ކުޅޭ ގޮތަށް ހަމަޖެހުނު ކަމަށެވެ.  ދެން ފަހުން އަނެއްކާ ޝާހިދު އާއި އައިޝާ ކުޅޭ ގޮތަށް ހަމަޖެހިފައި ފަހުން ކަރީނާ ހަމަޖެހުނީ ކަމަށް ބޫމިކާ ބުންޏެވެ.

 

View this post on Instagram

 

A post shared by Bhumika Chawla (@bhumika_chawla_t)

މި އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން ބޫމިކާ ބުނީ ކެރިއަރުގައި އެންމެ ހިތްހަމަނުޖެހޭ ކަމަށް ދިމާވި ހާދިސާ އަކީ އެއީ ކަމަށެވެ. އަދި އެއީ ވަރަށް ދެރަވި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

ބޫމީ ބުނި ގޮތުގައި "ޖަބް ވީ މެޓް" އަކީ ކުޅެން ވަރަށް ބޭނުންވި ފިލްމެކެވެ. ނަމަވެސް ފިލްމް ކުޅެން ނުލިބުމުން އޭނާ ދެރަވި ނަމަވެސް މިހާރު ވަނީ އެކަންކަން ހަދާން ނައްތައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Bhumika Chawla (@bhumika_chawla_t)

ބޫމިކާ ބޮލީވުޑް އަށް ތައާރަފްވީ 2003 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ތޭރޭ ނާމް" އިންނެވެ. އެފިލްމް ގައި އޭނާ ފެނިގެން ދިއައީ ސަލްމާން ހާން އާއި އެކުގައިއެވެ. ވަރަށް މަދުން މިހާރު ބޮޑު ސްކްރީން އިން ފެންނަ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ  މި މަހުގެ 21 ގައި ރިލީޒްކުރި ސަލްމާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ރޯލަކުންނެވެ. މި ފިލްމް ގައި ވެސް ބޫމިކާ ފެނިގެން ދިއައީ ސަލްމާން ހާން އާއި އެކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.