އާރިޔާން ޑައިރެކްޓްކުރި އިޝްތިހާރެއްގައި ބައްޕަ

އާރިޔާން ޑައިރެކްޓްކުރި އިޝްތިހާރެއްގައި ބައްޕަ

Author
ފާތިމަތު ނާވީ
27 އޭޕްރިލް 2023 07:19
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން ހިއްސާވެގެން ލޯންޗްކުރި ކްލޯތިން ލައިނެއްގެ އިޝްތިހާރަކަށް ގިން ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއީ އާރިޔާންގެ ފުރަތަމަ ޑައިރެކްޝަންއެވެ. އިޝްތިހާރުން ފެނިގެންދަނީ ޝާހުރުކް ހާންއެވެ. އެއާއި އެކު އާރިޔާން ވެސް ފެނިގެން ދެއެވެ. ދަބަފައިން ވެގެން ތައްޔާރު ކުރި އިޝްތިހާރު މިހާރު ވަނީ ދައްކައިލައިފައިއެވެ.

"ލިމިޓެޑް-ރިލީޒް ލަގްޒަރީ ސްޓްރީޓްވެއާ" ބްރޭންޑެއްގެ ގޮތުގައި ތައާރަފްކޮށްފައިވާ ޑިޔަވޮލްގެ އިޝްތިހާރު ފެށިގެން ދަނީ އެ ބްރޭންޑުގެ ލޯގޯ އާއި ޝިއާރު އުފައްދަން އާރްޔަން ބޯޑެއްގައި ލިޔެ ކުރަހާ ތަނެވެ.

 

View this post on Instagram

 

A post shared by @dyavol.x

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަރިއަން "ޑި ޔަވޯލް" ގެ ނަމުގައި ލޯންޗްކުރި ލައިފްސްޓައިލް ބްރޭންޑްގެ ދަށުން ލޯންޗްކުރި އެއްޗެކެވެ. "ޑި ޔަވޯލް އެކްސް" އަކީ ލިމިޓެޑް ކަލެކްޝަންތަކެއް ނެރޭނެ ލަގްޒަރީ ބްރޭންޑެކެވެ. އާރްޔަން ،25 އާއި އެކުގައި މި ބްރޭންޑުގައި ހިއްސާ ވަނީ އޭނާގެ ގާތް ދެރަހުމަތެރިން ކަމުގައިވާ  ބަންޓީ ސިންގް އާއި ލެޓީ ބްލެގޯވާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.