ޗަމްޕާ ބްރަދާރސްއިން ހަދިޔާކުރި ކަރާތައް މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ

ޗަމްޕާ ބްރަދާރސްއިން ހަދިޔާކުރި ކަރާތައް މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ

Author
އަޒްފާ ރަޝީދު
26 އޭޕްރިލް 2023 09:17
0

ޗަމްޕާ ބްރަދާސް ކުންފުނިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހަދިޔާކުރި ކަރާ، މާދަމާ ބަހަން ފަށަން ނިންމައިފައިވާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފިއެވެ.

ކަރާ ބަހަން ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށްވާއިރު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުން މާދަމާ އިން ފެށިގެން ޢާންމު ރައްޔިތުންނަށް ކަރާ ލިބޭނެ ކަމަށެވެ.

ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) މާދަމާ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ.

ރޯދަމަހާ ދިމާކޮށް ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ އާންމުންނަށް ބެހުމަށް ކާށި ޝިޕްމެންޓެއް ވެސް މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.