ބަތަލާ ސުޝްމީތާ ސެން ގެ ކާމިޔާބު ސިލްސިލާ "އާރްޔާ" ގެ ތިން ވަނަ ސީޒަން ގެ ޝޫޓިން އޭނާ އިންޑިއާގެ ހުޅަނގުގެ ޖައިޕޫރުގައި އަލުން ފަށައިފި އެވެ.
މީގައި ސުޝްމީތާ ފެނިގެން ދާނީ އެކްޝަން ރޯލަކުންނެވެ. މި ޑްރާމާ އަކީ ނެދަލޭންޑްސްގެ ޑްރާމާ "ޕެނޯޒާ" ގެ އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. މީގެ ކުރިން ނެރުނު ދެ ސީރިޒް އަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިއެވެ.
މީގައ ދައްކައިދެނީ އަންހެނަކު މާފިއާ ގޭންގަކާ ގުޅި، މަރުވި ފިރިމީހާގެ ބަދަލު ހިފަން ކުރާ މަސައްކަތެވެ. މި ސީރީޒްގެ ލީޑުން ފެނިގެންދާނީ ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝްމީތާއެވެ. ހިމެނެ އެވެ. މީގައި އޭނާ ކުޅެފައި ވަނީ ކުށުގެ ދުނިޔެއިން އާއިލާ ރައްކާތެރިކުރަން ޖެހިފައިވާ ހަރުކަށި މަންމައެއްގެ ރޯލެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެެނެސްދޭ މި ޑްރާމާ ޕްރޮޑިއުސްކުރަނީ އެންޑެމޯލް ޝައިން އިންޑިއާ އާއި ރާމް މަދްވާނީ ފިލްމްސް ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ