ނެޝަނަލް ފިލްމް އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު މަނޯޖް ބަޖްޕާއީ އޭނާގެ އުފަން ދުވަހުގެ މުނާސަބަތުގައި، އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް އިއުލާންކޮށްފި އެވެ.
"ބަނދާ" ގެ ނަމުން ނަން ދީފައިވާ މި މި ފިލްމް އަކީ ހަގީގީ ހާދިސާތަކުން އިންސްޕަޔާވެފެގެން ހަދަން ނިންމައިފައިވާ ފިލްމް އެކެވެ. މި ފިލްމް އަކީ އަކީ ވިނޯދް ބާނޫޝާލީގެ ބަނޫޝާލީ ސްޓޫޑިއޯސް ލިމިޓެޑާއި ޒީ ސްޓޫޑިއޯސް އަދި ސުޕާން އެސް ވަރުމާ ގެ އެހީތެރިކަމާއެކު އުފައްދާ ޕަވާ ޕެކްޑް ކޯޓްރޫމް ޑްރާމާއެކެވެ.
ދީޕަކް ކިންގްރާނީ ލިޔެފައިވާ ސްކްރިޕްޓަށް، މި ފިލްމުގެ ޑައިރެކްޓަރަކީ އަޕޫރްވް ސިންގް ކާކީ އެވެ. "ބަނދާ" ވެގެންދާނީ ޑައިރެކްޓް ޓު ޑިޖިޓަލް، ޒީ5 އެކްސްކްލޫސިވް ރިލީޒަކަށެވެ. މިއީ "ސައިލެންސް"ގެ ކާމިޔާބީއަށް ފަހު މަނޯޖް ބަޖްޕާއީ ޒީ5 އާ އެކު ކުޅޭ ތިން ވަނަ އޯޓީޓީ އޮރިޖިނަލް ފިލްމެވެ.
މި ފިލްމް ގެ އިތުރު ކާސްޓުން އަދި ފިލްމް ޕްރިމިއާ ކުރާ ތާރީހް ވެސް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ފިލްމް ގެ ޕޯސްޓަރެއް މިހާރު ވަނީ ބެލުްނތެރިންނަށް ދޫކޮށްލައިފައިއެވެ.
Jab baat ho insaaf ki, sirf ek hi #Bandaa kaafi hai
Witness the trial of the century, inspired from true events, only on #ZEE5#ComingSoon #BandaaOnZEE5 #EkBandaaKaafiHai@ZEE5India @apoorvkarki88 @vinodbhanu @Suparn @BSL_Films @ZeeStudios_ #KamleshBhanushali #AsifSheikh… pic.twitter.com/BB7AeJfHj0— manoj bajpayee (@BajpayeeManoj) April 23, 2023
މަނޯޖް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިއަ މަހުގެ 3 ވަނަ ދުވަހުގައި ރިލީޒް ކުރި "ގުލްމޯހަރް" އިންނެވެ. މި ފިލްމް އަކީ އޯޓީޓީ ޕްލެޓް ފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރި ފިލްމް އެކެވެ.
ކޮމެންޓު ފޮނުވާ