"ޔޫ-ޓާން" މި މަހުގެ 28 ގައި ޒީ5 އިން ޕްރީމިއާކުރަނީ

"ޔޫ-ޓާން" މި މަހުގެ 28 ގައި ޒީ5 އިން ޕްރީމިއާކުރަނީ

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2023 07:57
0

ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރްވާލާގެ ކުރިއަށް އޮތް ފިލްމް "ޔޫ-ޓާން" މި މަހުގެ 28 ގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމް އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އާރިފު ޚާން ޑައިރެކްޓްކޮށްފައިވާ ސުޕަނެޗްރަލް ތުރިލާއެކެވެ. ބަލާޖީ ފިލްމްގެ ތަތް ގަނޑުގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމް ޒީ5 އިން ޕްރިމިއާ ކުރާ އިރުގައި މި ފިލްމްގެ ކާސްޓުގައި އަލާޔާ އާއި އެކުގައި ފެނިގެން ދާނީ ޕްރިޔަންޝޫ ޕައިންޔުލީ، އާޝިމް ގްލާޓީ، މަނޫ ރިޝީ އަދި ރާޖޭޝް ޝަރުމާއެވެ.

 

View this post on Instagram

 

A post shared by ALAYA F (@alayaf)

"ޔޫ-ޓާން" އަކީ ހަމަ މިނަމުގައި 2018 ވަނަ އަހަރު ގެެނެސްދިން ކަންނާޑާ ފިލްްމް އެއްގެ ރިމޭކް އެކެވެ. މީ ސުޕަނެޗުރަލް ތްރިއްލާ އެކެވެ. ކަންނާޑާ ފިލްމް އިން ފެނިގެން ދިއައީ ސައުތުގެ މަޝްހުރު ބަތަލާ ސަމަންތާ ރޫތް ޕުރަބޫއެވެ.

2020 ވަނަ އަހަރު ގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑް އަށް ތައާރަފް ވި ބަތަލާ އެންމެ ފަހުން ފެނިގެން ދިއައީ "އޯލްމޮސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސާބަަސް
ސަމަންތާ ކަންނާޑާ ފިލްމެއް ނުކުޅޭ. އޭނާ ކުޅުނީ ކަންނާޑާ ފިލްމުގެ ރީމޭކް އެއް. އެދެފިލްމަށްވެސް ކިޔަނީ ޔޫޓާން.