ތާރީހު އަވަސްކުރި "ޑްރީމް ގާލް 2″ އަށް އަނެއްކައިވެސް އިތުރު ތާރީހް އެއް

ތާރީހު އަވަސްކުރި "ޑްރީމް ގާލް 2″ އަށް އަނެއްކައިވެސް އިތުރު ތާރީހް އެއް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2023 08:08
0

އަޔުޝްމަން ކުރާނާ އާއި އަނައްނިޔާ ޕާންޑޭ ލީޑުން ފެންނަ "ޑްރީމް ގާލް 2″ ރިލީޒް ކުރާ ތާރީހު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.

އެންމެ ފުރަތަމަ މި ފިލްމު ސިނަމާތަކަށް ގެންނަ ގޮތަށް ނިންމީ ޖުލައި 7 ގަ އެވެ. އެކަމަކު ފަހުން ޖޫން 23 އަށް އަވަސްކޮށްފައި ވަނިކޮށް "ޑްރީމް ގާލް 2″ ގެ ޓީމުން ފިލްމު އޮގަސްޓް 25 އަށް ފަސްކުރިކަން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ.

މި ފިލްމަކީ 2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އެކެވެ. އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ އަޔުޝްމާން ކުރާނާއެވެ. ނަމަވެސް ލީޑް ބަތަލާ އަކަށް އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ނުޝްރަތު ބަރޫޗާއެވެ.

ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.

https://www.youtube.com/watch?v=nf39Jpi3ZQ4
"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.