ޕްރިޔަންކާ އާއި ނިކް "ގްރިސިނީ" އިން ދަރިފުޅު ސަޕްރައިޒްކޮށްފި

ޕްރިޔަންކާ އާއި ނިކް "ގްރިސިނީ" އިން ދަރިފުޅު ސަޕްރައިޒްކޮށްފި

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2023 08:36
0

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން ދިޔަ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެބުރި އެމީހުން ދިރިއުޅެމުން އަންނަ އެމެރިކާގެ ލޮސްއެންޖެލިސް އަށް އެބުރި ގޮސްފިއެވެ. 

ޕްރިޔަންކާ ގެ މި ދަތުރު ތަކަކީ އޭނާގެ ކުރިއަށް އޮތް އުންމީދީ ޕްރޮޖެކްޓް "ސިޓަޑެލް" ގެ ޕްރޮމޯޝަން ކަންކަމުގައި ކުރި ދަތުރު ތަކެކެވެ. އެދެމަފިރިން ވަނީ ދުނިޔޭގެ މަޝްހޫރު ހުރިހާ ސިޓީއެއްގައި ވެސް ޕްރޮޖެކްޓް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މަސައްކަތުގެ މި ދަތުރު ތަކަށް ފަހު ޕްރިޔަންކާ އާއި ނިކް ވަނީ އެމީހުން ގެ ދަރިފުޅާ ބައްދަލް ކޮށް ދަރިފުޅަށް ގެނައި ހަދިޔާތަށް ދެނިކޮން ނަގައިފައިވާ ފޮޓޯ ތަކެއް ހިއްސާ ކޮށްފައިއެވެ. އެގޮތުން އެއް ފޮޓޯގައި ފެންނަނީ ކުޅޭ ކުޅޭ މަތިންދާބޯޓް ތަކެއް ދައްކަނިކޮނެނެވެ.

ދުވަސްކޮޅަކަށް ފަހު ލޯބިވާ ކުޑަ އަންހެން ދަރިފުޅު މާލްތީ މާރީއާއި ބައްދަލު ވުމުން އުފަލުން ތިބި ދެމަފިރިން ވަނީ ތުއްތު މާލްތީ އަށް ހަދިޔާ ވެސް ގެންގޮސްފައިއެވެ. ހުނަރުވެރި ބަތަލާ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް ގައި އޭނާގެ ސްޓޯރީގައި ވަރަށް ރީތި ފޮޓޯތަކެއް ޕޯސްޓްކޮށްފަ އެވެ. އިތުރު ފޮޓޯއެއްގައި ޕްރިޔަންކާ ވަނީ އޭނާގެ ދަރިފުޅަށް ގްރިސްނީ ޕެކެޓެއް ދެނިކޮން ފެނިގެން ގޮސްފައިއެވެ.

 

ގްރިސްނީ ނުވަތަ ބްރެޑް ސްޓިކް އަކީ އިޓަލީ އަށް ނިސްބަތްވާ ގްރިނީ އަކީ ފަންސޫރު ގެ ދިގުމިނުގެ ކައެއްޗެކެވެ. މީ އެއްޗަކަށް ޑިޕް ކޯށްގެން ނުވަތަ ހުހާވެސް ކެވޭނެ އެއްޗެކެވެ. މީ ވަރަށް މުރަނަ ޕާނުގެ އާއިލާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޕްރިޔަންކާ މިވަގުތު މަސައްކަތް ކުރަމުން ދަނީ އުއްމީދީ ޕްރޮޖެކްޓްތަކެއްގައިއެވެ. އެމެޒޯން ޕްރައިމް ސްޕައި ތުރިލާ ސިލްސިލާ "ސިޓަޑެލް" ގައި އޭނާ ކުޅެނީ ޖާސޫސެއްގެ ރޯލެވެ. ރޮމޭންޓިކް ކޮމެޑީ "އިޓްސް އޯލް ކަމިން ބެކް ޓު މީ" ގެ ލީޑް ރޯލް ވެސް ބަތަލާ އަންނަނީ ކުޅެމުންނެވެ.

ބޮލީވުޑްގެ ފިލްްމް އަކަށް އޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ޖީލޭ ޒަރާ"އެވެ. މި ފިލްމް އިން ފެނިގެންދާނީ ތިން ބަތަލާ އިންނެވެ. އަދި ޝޫޓީން ފަށާފައިނުވާ މި ފިލްމް ގައި ޕްރިޔަންކާ އާއި އެކުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި އާލިއާ ބަޓްއެވެ. މީ ވަރަށް އުންމީދީ ފިލްމްއެކެވެ.

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.