އާސެނަލް ބަލިވެ 14 ވަނައަށް ވެއްޓިއްޖެ

އާސެނަލް ބަލިވެ 14 ވަނައަށް ވެއްޓިއްޖެ

ގުޅުންހުރި

އިނގިރޭސި ލީގުގައި އަމިއްލަ ދަނޑުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ 2-1 އިން ވުލްވްސް އަތުން ބަލިވެއްޖެއެވެ.

މެޗުގެ ކުރީކޮޅުގައި ވުލްވްސްގެ އެއް ވަނަ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށް ވަގުތު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވުލްވްސް އަށް ލީޑުނަގައިދިނީ ޕެޑްރޯ ނެޓޯއެވެ. އާސެނަލަށް އެއްވަރުކޮށްދިން ލަނޑު ގަބްރިއެލް މަގަޅާއެސް ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވުލްވްސް އަށް އަލުން ލީޑުނަގައިދިނީ ކަސްޓޭލޯ ޕޮޑެންސްއެވެ.

މިއީ 39 އަހަރަށް ފަހު އެ ޓީމުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ. ރޭގެ މެޗުން ބަލިވުމާ އެކު އާސެނަލް އޮތީ ކުޅުނު 10 މެޗުން 13 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *