ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަށް އަލަތު ދަރިއަކު ލިބުނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގައިއެވެ. އަދި ދަރިއަކު ލިބުން ފަހުން ސޯނަމް ގެ ހަށިގަނޑުން ވެސް އަންނަނީ އެކަނ އެނގެމުންނެވެ.
ކުރިން ވަރަށް ކިހިކޮށް ހުންނަ ސޯނަމް މިހރު ހުރީ ފަލަވެ މަސްޖަހައިލައިފައިއެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ ތަރިންނަށް ދަރިން ލިބުމާއި ގުޅިގެން ހަށިގަނޑަށް އަދި ބަރުދަން ވަނީ ލުއި ކޮށްފައިއެވެ.
އެގޮތުން ދެކުދިންގެ މަންމަ އަދޮ ސޯނަމް އާއި އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ކަރީނާ ކަޕޫރު ވެސް ވަނީ ކުދިން ލިބުން ފަހުން ވަރަށް ބޮޑަސސް ބަރުދަން ލުއި ކޮށްފައިއެވެ. އަދި ހަމަ އެހެންމެ ދާދި ފަހުން ދަރިއަކު ލިބުން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްވެސް މިހާރު ވަނީ ބަރުދަން ލުއި ކޮށްފައިއެވެ.
ސޯނަމް ވަނީ ހަށިގަނޑު ހިއްކާލުމާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފައިއެވެ. ސޯނަމް ބުނި ގޮތުގައި އޭނާ ވިހެއުމާއި ގުޅިގެން ހަށިގަނޑަށް އައި ބަދަލު ނުވަތަ ފަލަވި ފަލަވުން ދުއްވައިލުމަށް އަދި މާ ބޮޑޫ މަސައްކަތެއް ނުކުރެއެވެ. އަދި މިވަގުތު އަދި އޭނާގެ ހަށިގަނޑަށް ބޭނުން ވަނީ ކާނާ އާއި އެނާޖީ ކަމަށް މިފަހުން ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ބުނެފައިއެވެ.
"އަދި ބަރުދަން ލުއި ކުރަން އެހާ ބޮޑު މަސައްކަތެއް ނުކުރެވޭ. މިހާރު ލައިފް ވަރަށް ބިޒީ. ދަރިފުޅު އާއި އެކު އުޅެން ޖެހުނީމާ ވަރަށް ބޮޑަށް ލައިފް ޗޭންޖް ވެފަ މި ވަނީ. ވާޔޫ އަށް އަދި އަހަރެއް ވެސް ނުވޭ. އަނެއްކޮޅުން އަދިވެސް ގާތުން ދެން. އެހެންވެ އަހަރެންގެ ހަށިގަނޑަށް ބޭނުންވޭ ކާނާ އަދި ހަމަ އެއާއި އެކުގައި އެނާޖީވެސް."
މީގެ ކުރިން ސޯނަމް ވަނި އޭނާ ބަރުދަން ލުއި ކުރުމަށް ދަތުރު ފަށައިފި ކަމަށް ބުނެ އޭނާ ކަސްރަތު ކުރާ ވީޑިއޯއެއް ހިއްސާ ކޮށްފައިއެވެ. އަދި އެއީ ދަރިއަކު ލިބުން ފަހުން ކުރިން ހުރި ގޮތަށް ހަށިގަނޑަށް ބަދަލު ގެންނަން ފެށި މަސައްކަތެކެވެ.
2018 ވަނަ އަހަރު ވިޔަަފާރީ ވެރިއާ އާނަންދު އަހޫޖާ އާއި ކަިއވެނި ކުރިފަހުން ސޯނަމް ބޮޑު ސްކްރީން އިން ފެންނަނީ ވަރަށް މަދުންނެވެ. 2007 ވަނަ އަހަރު "ސާވަރިއާ" އިން ބޮލީވުޑް އަށް ތާރަފްވި 37 އަހަރުގެ ބަތަލާ ގެ އެންމެ ފަހުގެ ފިލްމް އަކީ 2019 ވަނަ އަހަރުގެ ފިލްމް "ދަ ޒޯޔާ ފެކްޓާ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ ބްލައިޑްއެވެ.
ކޮމެންޓު ފޮނުވާ