ރައީސުލްޖުމްހޫރިއްޔާ، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2023 10:23
0

ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ ޢީދު ސަލާން ކުރައްވާފައެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.