ޔާޝް ޗޯޕްރާގެ އަންހެނުން މަރުވެއްޖެ

ޔާޝް ޗޯޕްރާގެ އަންހެނުން މަރުވެއްޖެ

Author
ފާތިމަތު ނާވީ
20 އޭޕްރިލް 2023 11:29
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ ޕްރޮޑިއުސަރު ޔާޝް ޗޯޕްރާގެ އަންހެނުން ޕަމޭލާ ޗޯޕްރާ، އުމުރުން 74 އަހަރުގައި މަރުވެއްޖެ އެވެ.

ސިއްހީ ހާލަތު ގޯސްވުމާއެކު މީގެ 15 ދުވަސްކުރިން އޭނާ ވަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ޕަމޭލާ މަރުވި ވާހަކަ އާއިލީ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހިއްސާކޮށް ބުނީ ޕަމޭލާގެ ޖަނާޒާ މިއަދު ހެނދުނު 11:00 ގައި ބާއްވާފައިވާ ކަމަށެވެ. އޭނާ މަރުވެފައި ވަނި މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޕަމޭލާ އަކީ އޭނާގެ ފިރިމީހާ، ޔާޝްގެ ޕްރޮޑަކްޝަން ހައުސް "ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)" އިން އުފެއްދި ފިލްމުތަކަށް ގިނަ ލަވަތަކެއް ކިޔައިދީފައިވާ ކުރީގެ ލަވަކިޔުންތެރިިއެކެވެ.

ބައެއް ފިލްމުތަކަށް ވާހަކަ ލިޔެ، ލަވަ ކިޔައި ކޮސްޓިއުމް ޑިޒައިނިން ވެސް ހަދާފައިވާ ޕަމޭލާ ގެ ފިރިމީހާ އަދި ލޯބީގެ ފިލްމުތައް ހަދައިގެން "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ޔާޝް ވަނީ 2012 ގައި މަރުވެފަ އެވެ.

ޔާޝް އާއި ޕާމެލާ ކައިވެނިކުރީ 1970 ވަނަ އަހަރު އެވެ. އެ ދެ މީހުންގެ ކައިވެންޏަށް ދެ ދަރިން ތިބެ އެވެ. އެއީ އުދޭ އާއި އަދިއްތިޔާ ޗޯޕްރާ އެވެ. އަދިއްތިޔާ އަކީ ކާމިޔާބު ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ. މީގެ އިތުރުން ވައިއާރްއެފް ހިންގުމުގެ ޒިންމާ ނަގަމުންއަންނަ އަދިއްތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީގެ ފިރިމީހާ ވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުމް
ދެން މުމްތާޒްގެ ފޮޓޯ ޖަހާފައި މީނީ ކިހިނެތް ވެގެން؟ ހެހެ
ާ ާއައިޝާ
ތަންދޮރު ނޭގޭ ގަމާރެއް ލިޔެފައިން އެއްޗެއް ވީމަ