އިންޑިއާގެ އެންމެ މަގުބުލޫ ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެއް ބައިވެރިޔާ ކްރުޝްނާ އަބިޝޭކް އެޝޯ އިން މިހާރު ނުފެންނަ ސަބަބު އޭނާ ހާމަ ކޮށްފިއެވެ.
އެންމެ މަޖާ އެއް ކޮމޭޑިއަން އަދި އެ ޝޯގައި ތަފާތު ކެރެކްޓާ ތަކުން ވެސް ފެންނަ ކްރުޝްނާ ގެ އެންމެ މަގުބޫލު ކެރެކްޓާ އަކީ ސަޕްނާ ކިޔާ އަންހެން ކެރެކްޓާއެކެވެ. މީ ގިނަ ބައެއް ހެއްވާލާ މަޖާ ކެރެކްޓާ އެކެވެ.
ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެޝޯ އަށް އޭނާ މިހާރު ނުދަނީ މި ޝޯގެ ޕްރޮޑިއުސަރުން އޭނާއަށް ކޮންމެ އެޕިސޯޑަކަށް ދޭން އެއްބަސްވާ ފައިސާގެ އަދަދާ މެދު ހިތްހަމަނުޖެހިގެންކަމަށެވެ. ޕްރޮޑިއުސަރުން އަނެއްކާވެސް ކްރުޝްނާ އަށް ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ދައުވަތު ވަނީ ފޮނުވާފަ އެވެ.
" އެމީހުން ބޭނުން އަހަރެން އެނބުރި ޝޯ އަށް އަންނަން. އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް ފީ އާއި ހަމަ އަށް އައިސް ހުއްޓެނީ. އެހިސާބުން ފާޑަކަށް ސްޓަކް ވަނީ. އަހަރެން ބޭނުންވާ އަގު އެމީހުން ހިތްހަމަ އެއް ނުޖެހޭ. އެ ޝޯވ އަށް ނުދާ ސަބަބަކީ ފައިސާގެ މައްސަލަ. "
އޭނާ އިތުރަށް ބުނީ މި ސީޒަން ގައި އެޝޯވ އިން އޭނާ ނުފެންނާނެ ކަމަށެވެ. ނަމަވެސް އަންނަ ސީޒަން ގައި އޭނާ ފެންނާނެ ކަމަށް ކްރުޝްނާ ވަނީ ބުނެފައިއެވެ. މި ހަފްތާގައި އެޝޯވ އަށް މެދުކެޑުމެއް އަންނަ ވާހަކަ ތަކެއް ވަނީ އިވިފައިއެވެ.
އެއީ ޝޯގެ ބައިވެރިން އެމރިކާ އަށް ޓުއާ އަކަށް ދާތީ ކަމަށް ހަބަރުތަށް ބުނެއެވެ. ބެލެވޭ ގޮތުގައި ޝޯވ މެދުކަޑާލުމަށް ފަހު އައު ސީޒަން ފަށާއިރުގައި ކްރުޝްނާ ފެނިގެން ދާނެއެވެ.
"ދަ ކަޕިލް ޝަރުމާ ޝޯވ" އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގަވެސް ވަރަށް މަގުބޫލު ޝޯވއެކެވެ. މީ އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ގެނެސްދޭ ޝޯވއެކެވެ.
ކޮމެންޓު ފޮނުވާ