ކޭ-ޕޮޕް ތަރި މޫންބިން މަރުވެއްޖެ

ކޭ-ޕޮޕް ތަރި މޫންބިން މަރުވެއްޖެ

Author
ފާތިމަތު ނާވީ
20 އޭޕްރިލް 2023 03:28
0

ކޭ-ޕޮޕް ބޭންޑް އެސްޓްރޯގެ މެމްބަރެއް ކަމަށްވާ މޫންބިން މަރުވެއްޖެ އެވެ. މޫންބިން މަރުވީ މިދިޔަ ބުދަ ދުވަހު ސޯލްގައި ހުންނަ އޭނާގެ ގޭގަ އެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ.

ކޮރެއާގެ ނިއުސް އެޖެންސީ ޔޮންހަޕް އިން ބުނި ގޮތުގައި މޫންބިން މަރުވެފައި އޮއްވާ ފެނުނީ ބުދަ ދުވަހުގެ ރޭ 8:10 އެހާކަންހާއިރު ގަންގްނަމްގެ އުސް އަވަށެއްގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާ މަރުވިކަން ރިޕޯޓް ކުރުމަށް ސޯލް ގަންގްނަމް ޕޮލިސް ސްޓޭޝަނަށް ގުޅީ  އޭނާގެ މެނޭޖަރު އެވެ.

ހަބަރު ލިބޭ ގޮތުގައި ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. މޫންބިންގެ ހަށިގަނޑުގެ އޮޓޮޕްސީން ދައްކާ ގޮތުގަގައި އޭނަ މަރުވީ އަމިއްލައަށެވެ. ނަމަވެސް މަރުވި ސީދާ ސަބަބުން ދެނެގުމަށް އޮޓޮޕްސީގެ އިތުރު ރިވިއުއެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

މޫންބިންގެ މަރާ ގުޅިގެން ރެކޯޑް ލޭބަލް ފްލަންޓިއާގޯ އިން ނެރުނު ބަޔާނއްގައި ބުނީ އޭނާ ގެ މަރުގެ ސަބަބުން ވަރަށް ހިތާމަ ކުރާކަމަށެވެ. އަދި އެމަރާއި ގުޅިގެން ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް ވެސް އެތަނުން އެދިފައިވެ އެވެ.

2016 ވަނަ އަހަރު "އެސްޓްރޯ" އާއި ގުޅުމުގެ ކުރިން މޫންބިން އަކީ އެކްޓަރެއް އަދި މޮޑެލްއެއް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.