އެޕްލް ގެ ވެރިއާ ޓިމް ކުކް މިހާރު އިންޑިއާއަށް ކުރަމުން އަންނަ ދަތުރުގައި ބޮލީވުޑް ބަތަލާ މާދުރީ ޑީކްޝިތް އާއި ބައްދަލު ކޮށްފިއެވެ. މި ބައަދަލު ކުރުމުގައި އެމީހުން ވަނީ އެކުގައި ކެއުމަކަށް އިންސާފު ކޮށްފައިއެވެ.
އެގޮތުން މާދުރީ އާއި އެކުގައި ނަގައިފާ މި ފޮޓޯ ޓިމް ވަނީ އޭނާނެ ޓްވިޓާގައި ހިއްސާ ކޮށްފައިއެވެ. ފޮޓޯގައި ފެންނަނީ މުމްބާއީގެ ރެސްޓޯރަންޓެއްގައި މަދޫރީއާ އެކީ އިންޑިއާގެ މަގުބޫލު ހެދިކާއެއް ކަމަށްވާ ވަޅަ ޕާއޯއައަކަށް އިންސާފުކުރާ ތަނެވެ.
Thanks @madhuridixit for introducing me to my very first Vada Pav — it was delicious! https://t.co/Th40jqAEGa
— Tim Cook (@tim_cook) April 17, 2023
ޓިމްގެ މި ދަތުރަކީ އެޕަލް އިން އިންޑިއާގައި ހުޅުވާ ފުރަތަމަ ރީޓެއިލް ފިހާރަ ހުޅުވަން ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި އޭނާ ހުންނަނީ އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ ގޭގައިއެވެ. މީ އިންޑިއާގައި ހުޅުވި އެޕަލްގެ ފުރަތަމަ ފިހާރައެވެ.
މުމްބައި ގައި އިއްޔެ މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލޯކަލް މިއުޒިކާއި ފޯކް ޑާންސް ޕާފޯމަންސްތައް ވެސް ފެނިގެން ދިޔަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އެކި ކަންކޮޅުތަކުން މީހުން މުމްބާއީއަށް އަށް ގޮސް އެރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައިއެވެ.
ކޮމެންޓު ފޮނުވާ