"ދަޅަކް 2″ އިއުލާން ކޮށްފި

"ދަޅަކް 2″ އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
19 އޭޕްރިލް 2023 12:26
0

2018 ވަނަ އަހަރު ގެެނެސްދި ފިލްމް "ދަޅަކް" ގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނޭ ކަޕޫރުގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު އަދި މަޝްހޫރު އެކްޓަރު ޝާހިދު ކަޕުރު ގެ ކޮއްކޮ އިޝާން ކައްޓަރު ބޮލީވުޑްއަށް ތައާރަފްވި ފިލްމްއެވެ.

"ދަޅަކް" އަކީ 2016 ގެ މަރާޓީ ފިލްމު "ސައިރާތު" ގެ ރިމޭކެކެވެ. އެފިލްމް ޑައިރެކްޓަ ކުރީ ޝިޝާންކް ކައިތާން އެވެ. ފިލްމް ނެރެފައިވަނީ ދަރްމާ ޕްރޮޑަކްޝަންގެ ތަތްގަނޑުގައިއެވެ.

"ދަޅަކް2″ އިއުލާން ކޮށްފައިވާ އިރުގައި މި ފިލްމް އަށް ވަނީ މުޅިން އައު ކާސްޓެއް ނަގައިފައިއެވެ. އެގޮތުން ފިލްމް ގެ ލީޑަށް ނަގާފައި ވަނީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ޓްރިޕްތީ ދިމްރީ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސިދާންތާއި ޓްރިޕްތީ ހިމަނައިގެން "ދަޅަކް 2″ ހަދާނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝާޒިއާ އިގްބާލް ކިޔާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.