ކަވާނީގެ ޖާދުލާއެކު ފަހަތުން އަރައި ޔުނައިޓެޑު މޮޅުވެއްޖެ

ކަވާނީގެ ޖާދުލާއެކު ފަހަތުން އަރައި ޔުނައިޓެޑު މޮޅުވެއްޖެ

ގުޅުންހުރި

އިނގިރޭސި ލީގުގައި މިރޭ ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑުން 3-2 ލަނޑުން ސައުތެމްޓަން ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި އުޅެނިކޮށް ސައުތެމްޓަނުން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ސައުތުހެމްޓަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔަން ބެޑްނަރެކްއެވެ. ސައުތެމްޓަނަށް ފުރަތަމަ ހާފުގައި ދެވަނަ ލަނޑުޖަހާ ލީޑެއް ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވާޑް-ޕްރައުސް އެވެ.

ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ އަނިޔާގެ ސަބަބުން ޑެހެއާގެ ބަދަލުގައި ޑީން ހެންޑަސަން އާއި ގްރީންވުޑްގެ ބަދަލުގައި ކަވާނީ ކުޅެން އަރުވައިގެންނެވެ. ބަދަލާ އެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް ފެނާންޑޭސްގެ ލަނޑުން ލީޑު ކުޑަކުރިއެވެ. ޔުނައިޓެޑްގެ ފަހު ދެ ލަނޑު ވެސް ކާމިޔާބުކޮޮށް ދިނީ އެންޑެސަން ކަވާނީއެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ ކަވާނީ ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ.

ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ޔުނައިޓެޑު ކުޅުނު 8 މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ލީގުގައި ފުރަތަމަ ފަހަރަށް ރަށުން ބޭރުުގައި ވިދިވިދިގެން ހަތަރު މެޗު ކާމިޔާބުކޮށް ޔުނައިޓެޑުން ވަނީ ރެކޯޑް ހަދާފައެވެ.

ޔުނައިޓެޑް ހަތް ވަނައިގައި އޮތްއިރު 10 މެޗުން 17 ޕޮއިންޓް ހޯދައިގެން ސައުތެމްޓަން އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ޔުނައިޓެޑުން ހޯދި މުހިއްމު މޮޅާއެކު އެޓީމު މިހާރު ވަނީ އަށް މެޗުން ހޯދި 16 ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޔުނައިޓެޑުން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *