ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެ ކުރިއަށް އޮތް ފިލްމް ގައި ޝާހުރުކް ހާން އާއި އެކުގައި ފެނިގެންދާނީ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މި ފިލްމް އަކީ ސަންޖޭ މީގެ ކުރިން ހަދަން އުޅުން ފިލްމް "އިންޝާﷲ" ކަމަށްވެއެވެ. މި ފިލްމް ގެ ޝޫޓިންގް ގެ ބައެއް ވެސް ނިންމުމަށްފަހު ސަލްމާން ހާން ވަނީ ފިލްމް ނުކުޅެން ނިންމައިފައިއެވެ. އެކަމާއި ސަލްމާން އާއި ސަންޖޭ އާއި ދެމެދުގައި ހިންހަމަ ނުޖެހުމެއް ހިނގި ކަމަށްވެސް ވެއެވެ.
ދުވަސް ގަނޑަކު ފިލްމް ވާނުވާ ވަތްގަނޑުގައި އޮތުމަށްފަހު މި ފަހުން ސަންޖޭ ވަނީ އަލުން އެ ފިލްމް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިއެވެ. އަދި ފިލްމް އިން އާ ތަރިން ތަކެއް ފެންނާނެ ކަމަށްވެސް ބުނެފައިއެވެ.
ސަންޖޭގެ "އިންޝާﷲ" މިހާރު ކުޅޭނީ ޝާހުރުކް ހާން ކަމަށްވެއެވެ. އަދި ފިލްމް ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ވެއެވެ. އަދި މި ފިލްމްގެ މަޝްވަރާތަށް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވެއެވެ. މި ފިލްމް ބިނާވެފައިވަނީ އުމުރުން ދުވަސް ވީ މީހަކާ ޒުވާން ކުއްޖަކާ ދެމެދު އޮތް ލޯބީގެ ގުޅުމެއްގެ މައްޗަށެވެ.
ސަންޖޭ އަސްލު ބޭނުން ވީ މި ފިލްމް ސަލްމާން ހާން އާއި އާލިއާ ބަޓް ކުޅޭށެވެ. އަދި ފިލްމް އިއުލާން ކޮށް ފިލްމް ކުޅެން ލިބުމުން އާލިއާ އިންތިހާ އަށް އުފަވެފައ ހުރެ ސޯޝަލް މީޑިއާގައި އެކަން ހާމަ ކުރި ވެސް މެއެވެ. ނަމަވެސް ފިލްމް އިތުރަށް ކުރިއަށް ނުދިއަ ސަބަބެއް މިހާތަނަށް ހާމަ ކޮށްފައިއެއް ނުވެއެވެ.
ޝާހު މިހާރު އަންނަނީ ރާޖް ކުމާރު ރާއޯގެ ފިލްމް "ޑަންކީ" ގެ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން 30 އަހަރުގެ ޒުވާން ބަތަލާ ގެ ކުރިއަށް އޮތް ފިލްމް އަކީ "ގޭމް ޖޭންޖާ"އެވެ. މި ފިލްމް ގައި ކިއާރާ ފެނިގެންދާނީ ސައުތުގެ ސްޕަސްޓާރު ރާމް ޗަރަން އާއި އެކުގައިއެވެ.
ކޮމެންޓު ފޮނުވާ