މިސް އިންޑިއާގެ މަގާމު ނަންދިނީ ގުޕްތާއަށް

މިސް އިންޑިއާގެ މަގާމު ނަންދިނީ ގުޕްތާއަށް

Author
ފާތިމަތު ނާވީ
17 އޭޕްރިލް 2023 08:14
0

ފެމިނާ މިސް އިންޑިއާގެ ތާޖު ރާޖަސްތާނުގެ ނަންދިނީ ގުޕްތާ އަށް ލިބިއްޖެއެއެވެ.

30 ބައިވެރިން ނާއި އެކުގައި ވާދަކޮށް މި މުބަރާތުގެ ރާޖް ނަންދިތާ ގުޕްތާ ހާސިލް ކުރި އިރުގައި މުބާރާތުގެ ރަނަރަޕް އަކަށް ހޮވުނީ ދިއްލީގެ ޝްރެޔާ ޕޫންޖާ އެވެ. އަދި ދެވަނަ ރަނަ-ރަޕް އަކަށް ހޮވުނީ މަނިޕޫރުގެ ތޯނާއޮޖަމް ސްޓްރެލާ ލުވާންގް އެވެ.

މީގެ ދެދުވަސް ކުރިން މަނިޕޫރްގައި ނިމިގެންދިޔަ ފެމިނާ މިސް އިންޑިއާ ކާމިޔާބުކުރި ނަންދިނީއަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ޒުވާނެކެވެ. 19 އަހަރުގެ ނަންދިނީ އަކީ ކޯޓާގެ ރަށްވެއްސެކެވެ.

2023 އަހަރުގެ މިސް އިންޑިއާ ހުށައަޅައި ދީފަައި ވަނީ ބަތަލާ ބޫމީ ޕޭޑްނޭކަރް އާއި މަޝްހޫރު ހޯސްޓް މަނީޝް ޕޯލްއެވެ. މި ހަފްލާގައި ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.