ކޮވިޑް އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން 500 މާލީ އެހީގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން 500 މާލީ އެހީގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، ކޮވިޑް-19އާއި ގުޅިގެން އަސަރުކޮށްފައިވާ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހުޅުވާލައިފިއެވެ.

ވޯލްޑްބޭންކް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން، ކޮވިޑް-19 އާއި ގުޅިގެން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަކަށް ފޯމު ހުށަހެޅުން ހޮނިހިރު ދުވަހު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ރިވިއުކުރެވި، ގްރާންޓް ފައިސާ ދަނީ ދޫކުރެވެމުންނެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތެވެ. ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީ ދެވޭ އަދަދު، އަދި ދެވޭނެގޮތްތައް ކަނޑައަޅައި، މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ވަނީ ޝާއިއު ކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތައް:

  1. އަތްތެރި މަސައްކަތް
  2. ބިއުޓީ އަދި މޭކަޕް ކުރުން
  3. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  4. ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
  5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  6. ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  7. ކުޅިވަރު އަދި ފިޓްނަސް

އެހީއަށް އެދުމުގައި ހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވުމާއި، އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން، ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފުތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *