މާލެ އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހުދު ސަމާލު!

މާލެ އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހުދު ސަމާލު!

Author
ޢަލީ އާދަމް
15 އޭޕްރިލް 2023 02:19
0

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެންދުރު 1:00އިން އިރުއޮއްސި 6:00އާ ހަމައަށް ހުދު ސަމާލު ނެރުނީ އެލާޓް ނެރުނީ ކ، އއ، އދ އަދި ވ އަތޮޅުގެ ރަށްތައް ހިމެނޭ ސަރަޙައްދަށެވެ. މި ސަރަހައްދަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު މޫސުން ފެށުމާއެކު ދޭތެރެދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މިއަދު ހެނދުނުވެސް މާލެއާއި މާލެ ކައިރި ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުނެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި ރާއްޖޭގެ ދެކުނަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ވިއްސާރަނަަމަވެސް، ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.