އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުން އިތުރު 15 ދަރިވަރަކު ވަރިވަރަކު ވަކި ކުރުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ވަރުގަދަ އިންޒާރެއް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ދެއްވައިފިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާކަމަށެެވެ. އަދި ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.
ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާާހަކަ ދަންނަވަން.
2/2— Aishath Nahula (@aishath_nahula) November 29, 2020
އިއްޔެ އާއި މިއަދު ސްކޫލުން އެ ދަރިވަރުންނަށް ފޮނުވި މެއިލްތަކުގައި ވަކިކުރި ސަބަބެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވުމެވެ.
މީގެތެރެއިން ބައެއް ދަރިވަރުން ވަކިކޮށްފައިމިވަނީ އިންޒާރެއް ވެސް ދިނުމަކާއި ނުލައެވެ. ފްލައިން ސްކޫލްގެ ދަރިވަރަކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް ވަކިކޮށްފައިވާއިރު، އެކަން މިހާރު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
ފްލައިން ސްކޫލާއިމެދު އެތަނުގައި ކިޔަވާ ދަރިވަރުނާއި މައްސަލަ ޖެހެން ފަށާފައިވަނީ ފްލައިން ސްކޫލާއި ދެކޮޅަށް ބައެއް ދަރިވަރުން ޕެޓިޝަނެއްހަދައި ސޮއިކޮށްފައިވާ މައްސަލާގައެވެ. އެޕެޓިޝަންގައިވަނީ ބޮޑު އަގު ނަގައިގެން އެތަން ހިންގަމުން އަންނައިރު، ކުދިންގެ މެދުގައި ތަފާތުކުރުމާއި، ބިދޭސީންނަށް އިސްކަންދެމުން އަންނަކަމަށް ބުނެއެވެ. އެދަރިވަރުންގެ ޕެޓިޝަނުގައި ވަނީ އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ޚަރަދެއް ދަރިވަރުންގެ އަތުން ހިނގަމުން އަންނަކަމަށެވެ. އަދި ކޯސް ފުރިހަމަނުވެ މުއްދަތު ދިގުލަިއގެން ދިއުމުގެ ނުތަނަވަސްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.
ކޮމެންޓު ފޮނުވާ