ވަރަށް ތަފާތު ކެރެކްޓަރ އަކުން ވަރުން ދަވަން ފެނިގެންދާ ފިލްްމު "ބޭޅިޔާ" ގެ ދެވަނަ ފިލްމް އެއް ނުވަތަ ސީކުއަލް އެއް އިއުލާން ކޮށްފިއެވެ.
2022 ވަނަ އަހަރު ރިލިޒް ކުރި މި ފިލްމް އަކީ ލީޑުން ވަރުން ދަވަން އާއި އެކުގައި ކްރިތީ ސެނޮން ފެނިގެން ދިއަ ފިލްމްއެކެވެ. މިފިލްމް ގައި އިތުރު ކާސްޓެއްގެ ގޮތުން މުހިންމު ރޯލުތަކުން ދީޕަކް ދޮބްރިޔާލް އަދި އަބިޝޭކް ބެނަޖީޒް ފެނިގެން ދެއެވެ.
މިފަހަރުގެ ފިލްމްގެ ލީޑުން ވެސް ކުރީ ގެ ތަރިން ފެނިގެންދާއިރުގައި މިހާރު މި ފިލްމް ވަނީ އިއުލާން ކޮށްފައިއެވެ. އަދި ފިލްމް އެޅުވުމަށް ތާވަލް ކޮށްފައިވަނީ 2025 ވަނަ އަހަރަށެވެ.
އެ ފިލްމް އަކީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީއެކެވެ. އޭނާ އަކީ 2018ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "ސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019ގެ "ބާލާ" އެވެ.
ވަރުން ހިޔަޅެއްގެ ގޮތުގައި ފެނިގެންދާ މި ފިލްމުގައި ކްރިތީ ފެނިގެންދަނި ޑޮކްޓަރެއްގެ ގޮތުގައެވެ. މި ދެތަރިން މީގެކުރިން ވެސް އެކުގައި ފިލްމަކުން ފެނިގެން ގޮސްފައި ވެއެވެ. އެއީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ. ދެތަރިން އެކުގައި ދެވަނަ ފިލްމަ އަކުން ފެނިގެންދާއިރު މި ދެ ފިލްމަކީ ވެސް ވަރަށް ތަފާތު ޖޯންރާގެ ދެ ފިލްމެވެ.