ބާދްޝާހް ރާއްޖޭގައި

ބާދްޝާހް ރާއްޖޭގައި

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2023 06:40
0

އިންޑިއާގެ މަޝްހޫރު ލަވަކިއުން ތެރިއާ / ރެޕާ ބާދުޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބޮލިވުޑްގެ ތަރިންގެ މެދުގައި އަބަދުވެސް ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް އެތަށް ތަރިންނެއް ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އާދެއެވެ. ބާދްޝާހް ގެ އިތުރުން "އާރްއާރްއާރް" ގެ ތަރި ރާމް ޗަރަން ވެސް މިވަގުތު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ބާދްޝާހް އަންނަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯ ތަކާއި ވީޑިއޯތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝިޔާމް ވޯލްޑްގަ އެވެ.

 

View this post on Instagram

 

A post shared by BADSHAH (@badboyshah)

ބާދްޝާހް ވަނީ ގިން ފިލްމް ތަކަކަށް ލަވަ ކިޔައިފައިއެވެ. އޭގެ ތެރޭގައި "ސްޓްރީޓް ޑާންސާ"، "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"، "ގުޑް ނިއުސް"، "ދަބަންގް 3″، "އޭ ދިލް ހެ މުޝްކިލް" އަދި "ވީރޭ ދީ ވެޑިން" ފަދަ ކާމިޔާބު ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.