ނަތާޝާ ބަނޑުބޮޑު؟

ނަތާޝާ ބަނޑުބޮޑު؟

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2023 10:29
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ގެ އަންހެނުން ނަތާޝާ ދަލާލް ބަނޑުބޮޑު ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ވަރުން އާއި ނަތާޝާ ކައިވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ. އެދެމީހުން ނަކީ ސުކޫލު ދައުރުން ސުރެވެސް ގާތް ރަހުމަތެތރިން ކަމަށާއި ކުޑައިރުން ފެށިގެން ވެސް އެމީހުން އެކަކު އަނެއްކަކު ދެކެ ލޯބި ވާކަމަށް ވެއެވެ.

ކައިވެންޏަށް ދެއަހަރާއި ގާތް ވެފައިވާ އިރުގައި ނަތާޝާ އީނީ އޭނާގެ އަލަތު ދަރިއަށް ބަލިވެ ކަމަށް ހަބަރުތަށް ބުނަން ފެށީ އެދެމީހުން ފެޓަލިޓީ ކްލިނިކް އަކުން ނުކުތްތަށް ފެނުމާއި ގުޅިގެންނެވެ. ނަމަވެސް އަދި މިކަމާއިގުޅޭ ގޮތުން އެދެމީހުން ކުރެ އެކަކުންވެސް ވާހަކައެއް ދައްކައިފައި އެއް ނުވެއެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

 

ޒަމާނުއްސުރެ ޕާޓްނަރުންގެ ގޮތުގައި އުޅުނު ވަރުން ދަވަން އާއި ނަތާޝާ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މަހާރާޝްތުރާގެ އަލީބާގްގައި ބޭއްވި އިންޓިމޭޓް ރަސްމިއްޔާތެއްގަ އެވެ. އަލީބާގްގެ މެންޝަން ހައުސްގައި ބޭއްވި ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.