ސައުތުގެ ސްޕަސްޓާރު އަދި މިދިޔަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ލީޑް އެއް ބަތަލު ރާމް ޗަރަން ރާއްޖޭ އަތުވެއްޖެއެވެ.
އޭނާ ރާއްޖެ އާއިސްފައިވަނީ އަންހެނުން އުޕަސްނާ ކާމިނޭނީ އާއި އެކުގައިއެވެ. އެދެމީހުން ކައިވެނި ކުރީ 2012 ވަނަ އަހަރުގައިއެވެ. އަދި އުޕަސްނާ އިނީ އެދެމީހުން ގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.
38 އަހަރުގެ އެކްޓަރު ވަނި ރާއްޖޭގައި ނަގައިފައިވާ ފޮޓޯތަކެއް ވެސް އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ވަނީ ޕޯސްޓްކޮށްފައިވެ އެވެ. އެގޮތުން ލޯންޗެއްގައި އަންހެނުންނާއި އެކުގައި އިން ފޮޓޯ އަކާއި ރިސޯޓުގެ މޫދު ފެންނަ ހެ ހުއްޓިލައިގެން ހުރި ފޮޓޯ އެއް ވަނި ޕޯސްޓް ކޯށްފައިއެވެ. ނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަ ކޮށްފައިއެއް ނުވެއެވެ.
ސައުތުގެ އެންމެ ޑިމާންޑް ބޮޑު އެކްތަރުން ގެ ތެރޭގައި ހިމެނޭ ރާމް ޗަރަން އަކީ އެކްޓަރު ޗިރަންޖީވީ ދަރިއެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ގޭމް ޗޭންޖާ"އެވެ. މި ފިލްްމް ގައި ރާމް އާއި އެކުގައި ފެނިގެން ދާނީ ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީއެވެ.
މީގެ އިތުރުން އޭނާ ގެ ހާއްސަ ފެނިލުމެއް ސަލްމާން ހާން ގެ ކުރިއަށް އޮތް ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ލަވަ އަކުންވެސް ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ