ރާއްޖޭގެ ފުޓް ސެކިއުރިޓީގެ ޔަގީންކަން ކަށަވަރު ކުރުމަށް ފުށް ފެކްޓްރީއެއް އެޅުމަށް އެސްޓީއޯއިން ކުރި މަސައްކަތް ރައީސް އޮފީހުން ހުއްޓުވީ ފެކްޓްރީ ކުޅުދުއްފުށީގައި އަޅަން ނިންމުމުން ކަމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ކުޅުދުއްފުށީގައި އަޅާނެ ސަރަހައްދު ކަނޑައަޅައި، އަމަލީ މަސައްކަތް ފެށުމަށްވެސް އެސްޓީއޯއިން އަމްރުގެ އެމްޑީ ކަމުގައި ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަމްރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލުން ހަވާލުކުރި ބިން ބައްލަވާލައި، ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ކުޅުއްފުށީގެ މެމްބަރާއި، ކައުންސިލާއި މަޝްވަރާ ކުރައްވާފައެވެ.
ކުޅުފުއްފުށީ ކައުންސިލުން ބިން ހަމަޖައްސައި، އެސްޓީއޯއިން މަސައްކަތް ނުފެށި ލަސްވުމުން އެކަމާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފައިވާނެކަމަށެވެ. އެކަން ކުރުމަށް ރާއްޖޭގައި ފުށް ފެކްޓްރީއެއް އެޅުމުގެ ޕްލޭނެއް ކުރައްވައި، އެކަން ކުޅުދުއްފުށީގައި ކުރުމަށް ނިންމި ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން އެފެކްޓްރީ ކުޅުދުއްފުށީގައި އަޅަން އެއްގޮަކަށްވެސް ބޭނުން ނުވިކަމަށް އަމްރު ވިދާޅުވިއެވެ.
ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އަޅުގަޑު ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފަ. ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން.
– އަމްރު ވިދާޅުވިއެވެ.
ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އަޅުގަޑު ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފަ. ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން. https://t.co/9mEWbD5FD1
— Amr 🎈 (@HusenAmr) April 11, 2023
އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ސަރަހައްދު ބެއްލެވުމަށްފަހު 2022 ވަނަ އަހަރު އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފެކްޓަރީ އަޅާނެ ބިން ކަނޑައަޅައި ނިންމާފައިވާކަމަށާއި، މިތަނުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ، ކާނާގެ ޔަޤީންކަން އިތުރުވެ، ޙަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ.
Was pleased visit Kulhudhuffushi City today to finalise location of the @stoplc flour mill which is aimed towards food security, lowering costs & generating job opportunities in the region.
Thank Mayor @ArthifKFCity and @kfcitycouncil for warm hospitality & support pic.twitter.com/gAEJezKKrS— Amr 🎈 (@HusenAmr) April 12, 2022
ގޮދަންފުށް ފެކްޓަރީ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެހުނެވެ. ރާއްޖެއިން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާ ގިނަ ދުވަހު ބެހެއްޓޭނެ ފުށެއް ނޫންކަމަށް އެސް.ޓީ.އޯއިން ވަނީ ބުނެފައެވެ. އަދި އެތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށްވެސް އެސް.ޓީ.އޯއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ