މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރު ޝާހުރުކް ހާން އާއި އެކުގައި ލޯބީގެ ފިލްމް އެއް ކުޅުމުގެ ޝަައުގު ވެރިކަން ބަތަލާ ރާނީ މުކަރުޖީ ފާޅު ކޮށްފިއެވެ.
އެންމެ ފަހުން ރިލީޒް ކުރި ރާނީ ގެ ފިލްްމް "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރާނީ ބުނީ އުމުރުން 80 އަހަރު ވަންދެން ވެސް ޝާހްރުކާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
އަދި ޝާހު އާއި އެކުގައި ލޯބީގެ ފިލްމް އެއް ކުޅުމުގެ އިންތިޒާރުގައި އޭނާ ހުންނަ ކަމށާއި އުންމީދަކީ އެފުރުސަތު ވީހާވެސް އަވަހަކަށް ލިބިގެން ދިއުން ކަމަށެވެ. އަދި އެދެމީހުންނަށް ހާއްސަ ފިލްމް ހެދުމަށް ގޮވައިލާ ކަމަށްވެސް ރާނީ ވަނީ ބުނެފައިއެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ އަންހެނުން ބުނި ގޮތުގައި ޝާހްރުކާ އެކީ މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެން ކަމުން އޭނާ ހުރީ ޝާހު އާއި އެކުގައި ފިލްމްއެއްގެ މަސައްކަތް ކުރުމަށް ކެތް މަދުވެފައި ކަަމަށްވެސް މިހާރު ދަރިއަކު ވެސް ހުންނަ 45 އަަހަރުގެ ބަތަލާ ވަނި ބުނެފައިއެވެ.
މީގެ ކުރިން ވެސް ރާނީ ވަނީ ޝާހުއާއި އެކުގައި ލޯބީގެ ފިލްމް ތަކަކުން ފެނިގެން ގޮސްފައިއެވެ. އޭގެ ތެރޭގައި ދެގޮތެއް ނުވެ އަދި ވެސް އެ މަޝްހޫރު ކަމުގައި އޮތް ފިލްމް އަކީ "ކުޗް ކުޗް ހޯތާ ހޭ"، އެވެ. މީ 1998 ވަނަ އަހަރުގެ ފިލްމްއެކެވެ. ފިލްމް އަކީ ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެއް ވެސް މެއެވެ. މީގެ ިއތުރުން ވެސް ދެ ތަރިން އެކުގައި ވަނީ "ޗަލްތޭ ޗަލްތޭ"، "ޕަހޭލީ"، "ވީރު-ޒާރާ" ފަދަ މަގުބޫލު ފިލްމް ތަކުގައި މަސައްކަތް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ