2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރިލީޒް ކުރި ފިލްމް "ޕުޝްޕާ" ގެ ކާމިޔާބީ އާއި އެކުގައި އޭގެ ދެވަނަ ފިލްމް އެއް މިހާރު ވަނީ ހަދައިފައިއެވެ. މި ފިލްމްގެ ކާމިޔާބީ އާއި އެކުގައި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންގެ ޑިމާންޑް އެތަށްތަނެއް ވަނީ ބޮޑުވެފައިއެވެ.
މި ފިލްމް އަކީ ސައުތުގެ މަޝްހޫރު އެކްޓަރު އައްލު އަރުޖުން އާއި ރަޝްމިކާ މަންދަނާ ލީޑުން ފެނިގެންދިއަ އަދި ބޮކްސް އޮފީހުގައި ބްލޮކްބަސްޓާގެ ދަރަޖަ ހޯދި ފިލްމްއެކެވެ. ފިލްމް ގެ ރެއިލާ ފެށިގެން ދަނި "ޕުޝްޕާ" ގެއްލިގެން އުޅެ ހިސާބުންނެވެ. ނަމަވެސް ޓްރެއިލާ ނިމުމުގެ ކުރިން އޭނާ ފެނިގެންދެއެވެ. ފުރަތަމަ ފިލްމް އަށް ވުރެ މާ ފުރިހަމަ އެއްޗެއްގެ ގޮތުގައި މި ފިލްމް ބެލުންތެރިންނަށް ގެެނެސްދޭން ފިލްމްގެ ޓީމުން ކޮށްފައިވާ މަސައްކަތް ޓްރެއިލާ އިން ވަރަށް ރަނގަޅަށް ފެނިގެދެއެވެ. ފިލްމްގެ އިންތިޒާރުގެ ތިއްބެވި ގިނަ އަދަދެއްގެ ބެލުންތެރިންނަށް ފިލްމް ގެ ޓްރެއިލާ މިއޮތީއެވެ. އަޅެ ބަލައިލަބަލާށެވެ.
"ޕުޝްޕާ: ދަ ރޫލް" ގެ ނަމުގައި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އޭގެ ކުރިން އައްލުގެ 40 ވަނަ އުފަންދުވަހާއި ދިމާކޮށް މި ވަނި ފިލްމްގެ ފަސްޓް ލުކް ޕޯސްޓަރު އަދި ޓްރެއިލާ ބެމުންތެރިންނަށް މިވަނީ ދޫކޮށްލައިފައިއެވެ.
މި ފިލްމުން ވެސް ކުރީގެ ފިލްމުގެ ލީޑުން ފެނުނު ތަރިން ފެންނާނެ ކަމަށާއި އަދި ފިލްމު އިތުރަށް ވަރުގަދަ ކުރުމަށް އާތަރިން ލައިފާވާ ކަަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ފިލްމްް ގެ މާ ތަފްސީލި ހަބރުތަކެއް މިހާތަނަށް ލިބިފައިއެއް ނުވެއެވެ.
"ޕުޝްޕާ" އަކީ ސުކުމާރު ލިޔެ، ޑައިރެކްޓްކުރި އެކްޝަން ޑްރާމާއެކެވެ. މީގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ. "ޕުޝްޕާ: ދަ ރޫލް" ރިލީޒްކުރާނެ ތާރީހެއް އަދި ނޭނގެއެވެ.
ކޮމެންޓު ފޮނުވާ