ބޮލީވުޑްގެ މަޝްހޫރު އެކްތަރު ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް ކައިވެނި ކުރީ މިދިއަ އަހަރުގައިއެވެ. އަދި ކައިވެންޏަށް ހައެއްކަ މަސްގައި އެދެމީހުންނަށް ވަނީ ދަރިއަކު ލިބިފައިއެވެ. ގިނަ ބަޔަކު ބުނާގޮތުގައި ކައިވެނި ކުރި އިރުވެސް އާލިއާ ބަނޑު ބޮޑެވެ.
ރަންބީރަކީ އެކްޓިން ކެރިއަރާއި އެކުގައި އެކީގައި އޭނާގެ ޕާސަނަލް ލައިފްގެ ވާހަކަ އަކީ ވެސް ވަރަށް ހިޓު ވާހަކަތަކެކެވެ. އާލިއާ އާއި ކައިވެނި ކުރުމުގެ ކުރިން އޭނާގެ ހަޔާތަށް އެތަށް ބައިވަރު ބަޔަކު އައިސް ގޮސްފައިއެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮލީވުޑްގެ އޭ ލިސްޓް ގެ ތަރިންވެސް ހިމެނެއެވެ.
ރންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން ގެ ލޯބީގެ ވާހަކަ އަކީ ސިއްރެއް ނޫނެވެ. އެމީހުން މީޑިއާގެ ކުރިމަތީ އެތަށް ފަހަރެއްގެ މަތިން އެކަކު އަނެއެއް ދެކެވާ ލޯބި ހާމަ ކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް އެގުޅުން ނިމެން ދިމާވީ ރަންބީރުގެ ބޭވަފާތެރިކަމުުން ކަމަށް ދީޕިކާ ވަނީ ބުނެފައިއެވެ.
އަދި ދީޕިކާގެ މި ވާހަކަ އަށް ރަންބީރު ވަނީ އެއީ ތެދުކަމަށް ބުނެ ޖަވާބު ވެސް ދީފައިއެވެ. އެމީހުންގެ ލޯބީގެ ސަފްހާތަކަށް ނިމުން ގެނެސް ރަންބީރު ގެ ލޯބީގެ ނައު ބަދަލުކޮށްލި ކޮޅަކީ ކެޓްރީނާ ކައިފްއެވެ. އެދެމީހުން އެކުގައި ކުޅުން އަލަތު ފިލްމް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ގެ ސެޓުގައި ލޯބިން އެދެމީހުން ދިއައި މާ ފޮޅުވަމުނެވެ.
ހީވި ދެން ދުވަހަކުވެސް އެގުޅުން ނުނިމޭނެ ކަމަށެވެ. ބުނެވޭ ގޮތުގައި އޭރުގައި ދީޕިކާ އަދި ކެޓްރީނާ އަކީ ބެސްޓް ފްރެންޑްއިންނެވެ. ނަމަވެސް ކެޓްރީނާވެސް އެންމެ ތަންކޮޅެއްވެސް ދުލެއް ނުދީ އެލޯބީގައި ދިއައީ ހަދަ އަށް ހިފަހައްޓަމުންނެވެ. ބުނެވޭގޮތުގައި ކެޓްރީނާ އާއި ރަންބީރު ގެ ލޯބި 7 އަހަރަހަށް ދެމިގެން ދިއައެވެ. ހީވީ ދެންމެ ދެންމެ ކައިވެނިވެސް ކޮށްފައިނެ ހެންނެވެ. އަދި ދެމީހުން އުޅެމުން ދިއައީ ވެސް ލިވިންގ ރިލޭޝަން ޝިޕްއެއްގައިއެވެ. ނަމަވެސް އެގުޅުންވެސް ނިމުމަކަށް އައީ ރަންބީރުގެ ބޭވަފާތެރިނަމުންނެވެ.
ރަންބީރު މިފަހަރުގެ ޓާގެޓަކީ ކެޓްރީނާގެ ބެސްޓްފްރެންޑް އާލިއާ ބަޓްއެވެ. އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިންވެސް ފުއްމާލާނެ ކަމަށް އޮންނަ ވާހަކަ އާއި ރަންބީރު އާއި ގުޅުވައި އޭރު ތަފާރު ވައްތަރުގެ މީމްސްތަށް ވެސް ހަދައި އުޅުނެވެ. ނަމަވެސް ރަންބީރު ބުނަނީ އޭނާ ހުރީ ދިރިއުޅުން ފުރިހަމަ ވެފައި ކަމަށެވެ. އަންބަކާ ލޯބި ދަރިއަކު ލިބުމުން އޭނާ ހުރީ އިންތިހާ އަށް އުފަލުން ކަމަށް ވެސް ވަނީ ބުނެފައިއެވެ.
އެހެން ނަމަވެސް މާޒީގެ ތެރެއިން ނުނިކުމެވިގެން މާޒީަތިން އަދިވެސް ރަންބީރުގެ މަންމަ ނީތޫ ކަޕޫރު އަންނަނީ ހަދާން އާ ކުރަމުންނެވެ. އެގޮތުން ދީޕިކާ އާއި ކެޓްރީނާ އަށް ރައްދުވާ ގޮތަށް ނީތޫގެ އިންސްޓަގްރާމް ޕޯސްޓެއްގައި މަގެއްގައި ބަހައްޓާފައި ބޯޑެއްގެ ލިޔުންކޮޅު ހިއްސާކޮށްފައިވެ އެވެ. އޭގައި ވަނީ "ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމުގެ މާނަ އަކީ ކައިވެނިި ކުރާނެއެކޭ ނޫން" ކަމަށެވެ. އަދި މިސާލެއް ވެސް ލިއުމުގެ ތިރީގައި ވެއެވެ. "6 އަހަރު ވަންދެން މެޑިސިން ކިޔަވަން އުޅުން ބޭބެ އަކީ މިހާރު ޑީޖޭ"އެއް ކަމަށެވެ. މިއީ އާންމު އުސޫލުން ކަންކަން ނުހިނގާކަން ސާބިތު ކޮށްދޭ މިސާލެކެވެ.
Neetu Kapoor has always had something against Katrina Kaif. Years after their breakup she is still taunting her. They were together for 7 years #RanbirKapoor pic.twitter.com/283IFdGGTB
— Mrs Sprightly (@MrsSprightly_) April 8, 2023
ނީތޫ މި ޕޯސްޓް ކުރުމާއި ގުޅިގެން ދީޕިކާ އާއި ކެޓްރީނާގެ ސަޕޯޓަރުން ވަނި ކެކިގަނެފައިއެވެ. އަދި ވަރަށް ބޮޑަށް އޭނާ އަށް ފަޑުކިޔައި ޕޯސްޓް ތަކެއްވެސް ކޮށްފައި ވެއެވެ. އެމީހުން ބުނީ ބޭނުންވާ ދަބިދަރި ލިބުމުންވެސް މައިތިވާން ނޭގެކަމަށެވެ. އަދި ރަންބީރަށް ވުރެ މާ ރަނގަޅު ބައިވެރިން އެތަރިންނަށް ލިބިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނީތޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިއެވެ.
ކެޓްރީނާ އާއި އެކްޓަރު ވިކީ ކޯޝަލް ވަނި 2021 ވަނަ އަހަރުގައި ކައިވެނި ކޮށްފައިއެވެ. އަދި ދީޕިކާ ވަނީ ރަންވީރު ސިންގް އާއި 2018 ވަނަ އަހަރު އެކްޓަރު ރަންވީރު ސިންގް އާއި ކައިވެނި ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ