މީޑިއާ ކައުންސިލް އިންތިޚާބު ހޮނިހިރު ދުވަހު، 200 މީޑިއާއަކަށް ވޯޓުލެވޭ

މީޑިއާ ކައުންސިލް އިންތިޚާބު ހޮނިހިރު ދުވަހު، 200 މީޑިއާއަކަށް ވޯޓުލެވޭ

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2020 09:52
0

މީޑިއާ ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާ ޖަމާލުއްދީނުގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 00.11 ން 22:10 އަށް ބާ ޖަމާލުއްދީން ސްކޫލްގައިކަމަށެވެ. އިންތިޚާބުގެ ވޯޓުލެވޭ ވަގުތީ ލިސްޓުވެސް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިލިސްޓުގައި 200 މިޑިއާ އަކަށް ވޯޓުލެވެއެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިިރޭ ދަންވަރު ބާރަ ޖަހާއިރެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ ވޯޓުލާ ވަގުތުގެ 02 ގަޑިއިރު ކުރިން، ވޯޓުލާން ރަޖިސްޓަރކޮށްފައިވާ މީހަކު ކޯވިޑް 19 އަށް ޕޮޒިޓީވް ވުމުގެ ސަބަބުން ނުވަތަ ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީން ކުރުމުގެ ކޮށްފިނަމަ، އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅިދާނެކަމަށެވެ.

ނަން ހުށަހަޅަން ޖެހޭނީ، ކުރިން ރަޖިސްޓަރީކުރި މީހާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ދީފައިވާ ލިއުމާއި، ބަދަލުގައި ރަޖިސްޓަރީކުރާ ފަރާތުގެ ނަމާއި، އެޑްރެސް، ގުޅޭނޭ ނަމްބަރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއްކަރުދާސްކޮށް، މަސްއޫލުވެރިޔާ ސޮއިކޮށްފައިވާ ސިޓީއެއް، މިނިސްޓްރީގެ އީމެއިލް mv.gov.homeaffairs@media އަށް ހުށަހެޅުއްވުމުން ކަމުގައެވެ.

މިފަހަރުގެ އިންތިޚާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.