ރާއްޖެ – ޖަޕާން، ޕޮލިސީ ޑައިލޮގްގެ 4ވަނަ ބުރު ބާއްވައިފި

ރާއްޖެ – ޖަޕާން، ޕޮލިސީ ޑައިލޮގްގެ 4ވަނަ ބުރު ބާއްވައިފި

ގުޅުންހުރި

ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ޖަޕާނާއި މޯލްޑިވްސް ޕޮލިސީ ޑައިލޮގުގެ 4ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޑައިލޮގުގެ ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. ޖަޕާނުގެ ވަފުދުގެ އިސްވެރިޔަކީ ސައުތުއީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަރީމާ ޔޫޓާކާއެވެ.

މި ޑައިލޮގުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށާއި، މިއީ ކުރީ ތިން ބުރުގައި ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މުހިންމު މަޝްވަރާތަކެއްކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ. މި ޑައިލޮގުގައި އިޤްތިޞާދީ އަދި ތަރައްޤީގެ އެއްބާރުލުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ސަޤާފީ ދާއިރާއިން މަޝްވާރާކުރިއެވެ. އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކުރިއެވެ.

ރާއްޖެ-ޖަޕާން ޕޮލިސީ ޑައިލޮގަކީ ރާއްޖެއާއި ޖަޕާނާ ދެމެދު ބައިލެޓަރަލް، ރީޖަނަލް އަދި މަލްޓިލޭޓަރަލް މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ޑައިލޮގެކެވެ. އެންމެ ފަހުން ޕޮލިސީ ޑައިލޮގް ބާއްވާފައިވަނީ 4 މާރޗް 2021 ގައެވެ. އެފަހަރު ބޭއްވީ ވާޗުއަލްކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ