ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ފޭކް މެސެޖުތަކެއް ބަޔަކު ފޮނުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމަށާއި، މިކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އޮޅުވާލައިގެން އެކި މުވައްސަސާތަކުގެ ނަމުގައި ގުޅައި އަދި މެސެޖްކޮށްގެން ފައިސާ ހޯދާ މައްސަލަ ފަހަކަށް އައިސް ވަނީ ގިނަވެފައެވެ. އެކަމަށް ސަމާލުވުމަށް އިދާރާތަކުން އަބަދު ވެސް ދަނީ ހަނދާންކޮށްދެމުންނެވެ.
މިފަދަ މައްސަލަތައް ރިޕޯޓު ކުރައްވަން އަޅުގަނޑުމެންގެ އޮންލައިން ކްރިމް ރިޕޯޓިންގ ޕޯޓަލް https://t.co/yZV0FcLn8T ބޭނުން ކުރެއްވިދާނެ، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވާ!
— Maldives Police (@PoliceMv) April 1, 2023
ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ކުންފުނިތަކުން އަދި ވިޔަފާރިތަކުން އެކި އިނާމް ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންދެއެވެ. އެހެންނަމަވެސް މިފަދަ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގައި އިނާމު ލިބޭ ގޮތާއި އަދި އިނާމު ލިބުމުން އެކުންފުންޏަކުން ޢަމަލުކުރާ އުސޫލު ބެލުމަކީ ޕްރޮމޯޝަންގައި ބައިވެރުވުމުގެ ކުރިން ބެލުން މުހިއްމުކަމެކެވެ.