ރަމަޟާން މަހަކަށް ޙާއްސަކޮށްގެން މިޑިއާ ނެޓުން "މީޑިއާނެޓް ރޯދަ ހަދިޔާ" ޕްރޮމޯޝަން މިއަހަރުވެސް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 މާރޗް އިން 20 އޭޕްރިލް 2023 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި މީޑިއާނެޓުގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީޑިއާނެޓުގެ ޚިދުމަތް ޓީވީ އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމްއެސް ޑިޖިޓަލް މެދުވެރޮށް ބޭނުން ކުރަމުންދާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސަބްސްކްރިޕްޝަން ޕެކޭޖަށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން، ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ބޭނުންކުރަމުންދާ ޕެކޭޖަށްވުރެން މަތީ ޕެކޭޖަކަށް އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ކޮންމެ ދުވަހަކު 500 ރުފިޔާގެ ގިފްޓް ހެމްޕަރ އެއް ލިބިގެންދާނެއެވެ.
މީޑިއާނެޓުން މަޢުލޫމާތުދޭ ގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މީޑިއާނެޓުގެ އަމާޒަކީ ރަމަޝާން މަހު އާއިލާއާއެކު ހޭދަކުރުމަށްލިބޭ އުފާވެރި ވަގުތުގައި މީޑިއާނެޓުންވެސް ބައިވެރިވުންކަމުގައެވެ. އެގޮތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު މީޑިއާނެޓުގެ ޗެނަލްތަކުން ދީނީ ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތަކެއް ފެނިގެންދާނެކަމަށާއި، މި ޕްރޮގްރާމްތަށް ގޭބިސީތަކުގައި ޓީވީގެ ޒަރިއްޔާއިން އަދި މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް ބަލާލެވޭނެކަމަށް މީޑިއާ ނެޓުން ބުނެއެވެ.
ކޮމެންޓު ފޮނުވާ